ރަށްރަށުގެ މަގު ބައްތި ރައްކާތެރި މިންގަނޑާ އެއްގޮތްކުރުމަށް ފަސޭހަ އަދި އަވަސް ގޮތެއް ހޯދަނީ

އައިޝަތު ޝިއުރާ
05 Aug 2024
ހަބަރު

ރައްކާތެރި މިންގަނޑުތަކާ ޚިލާފަށް އާތު ލީކޭޖް، ސާކިއުޓް ބްރޭކް، އީ.އެލް.ސީ.ބީ ހަރުނުކުރާ މަގުބައްތިތައް މި މަހަށް ފަހު ކަރަންޓު ދިނުން ހުއްޓާލުމަށް ފެނަކައިން ނިންމާފައިވުމާ ގުޅިގެން އަވަސް ގޮތެއްގައި ރަށްރަށުގެ މަގުބައްތި މިންގަނޑަށް ފައްތާ، ރަށްޔިތުންނަށް މި ކަމުގެ ދަތި އުނދަގޫ ނުވާނެ ގޮތަކަށް މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ވަޒީރު އާދަމް ޝަރީފު ޢުމަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ރައްޔިތުންނަށް މި ކަމުގެ ތަކުލީފު ނުޖެހި މި މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ހޯދުމަށެވެ. މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ކައުންސިލުތަކަށް މި ޒިންމާ މަތިކޮށްގެން ކުރިއަށް ގެންދަން ނިންމައިފި ނަމަ، ކައުންސިލުތަކުގެ ބަޖެޓު ކުރެވިފައި ނެތް ފައިސާއިން ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރަން ޖެހުމުން ކައުންސިލުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ މި މަސައްކަތް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އޮތްކަމަށެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރުގެ ވިސްނުންފުޅަކީ ސަރުކާރުގެ ގުޅުން ހުރި އިތުރު ވުޒާރާތަކާއި، މުއައްސަސާތަކާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވައި މި ކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ދިރާސާކޮށް މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު މި މަޝްވަރާ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި މި މަސައްކަތްކޮށް ނިންމުމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ މަސައްކަތެއް ކަމަށް ވާތީ، އެ ކުންފުނީގެ ވިސްނުން ހުރީ މި މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުތަކުން ފޯރުކޮށް ދެއްވައިފި ނަމަ އެ މަސައްކަތް އެ ކުންފުނިން ކޮށްދެއްވާ ގޮތަށް ތިއްބެވި ކަމަށެވެ. އަދި މި ކަމާ ގުޅިގެން މި ހަފުތާގެ ތެރޭގައި މާލީ ވުޒާރާއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް މުޢާޒް ވުދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ އުންމީދު އެބައޮތް: ރައީސުލްޖުމްހޫރިއްޔާ
ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Oct 2025
ހަބަރު
ސިނގިރޭޓުން ކުރި ވައްކަން: އާއްޓޭގެ ބަންދަށް 15 ދުވަސް، ދިގަލިގެ ބަންދަށް 10 ދުވަސް
ހުޅުމާލެ ބަނދަރުން އެތެރެކުރި ސިނގިރޭޓްގެ ދެ ކޮންޓެއިނަރެއް ވަގަށް ނެގި މައްސަލައިގެ ރިންގްލީޑަރުންގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިން ބަންދަށް ފޮނުވާލައިފިއެވެ.
15 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ށ. ނަރުދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ނަރުދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނަރުދޫ ޕްރީ ސްކޫލްގައެވެ.
15 Oct 2025
ހަބަރު
ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދީ، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދޭނަން: ރައީސުލްޖުމްހޫރިއްޔާ
އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
15 Oct 2025
ހަބަރު