"ނޭޝަނަލް ސުނާމީ ރެޑީ ޓްރެއިނިންގ" ފަށައިފި

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ޔުނެސްކޯ އިންޓަރގަވަރމެންޓަލް އޯޝަނޯގްރެފިކް ކޮމިޝަން (އައި.ޖީ.އޯ.ސީ) އަދި އިންޑޮނޭޝިއާގެ މޫސުމާއިބެހޭ އިދާރާ ބީ.އެމް.ކޭ.ޖީ ގުޅިގެން "ނޭޝަނަލް ސުނާމީ ރެޑީ ޓްރެއިނިންގ" ދިވެހިރާއްޖޭގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ރާއްޖޭގައި ފެށުމުގެ ފުރަތަމަ ކަމެއްގެ ގޮތުން، ރަށްތަކުގައި ޕްރޮގްރާމް ހިންގާނެ ފެސިލިޓޭޓަރުން ތަމްރީންކުރުމަށް 5-7 އޯގަސްޓް 2024 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯކްޝޮޕް މިއަދު ވަނީ ފަށައިފައެވެ.

މިތަމްރީން ޕްރޮގްރާމްގައި އެކިއެކި ވުޒާރާތަކާއި، ސިޓީ އަދި ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންނާ އަދި އެކިއެކި ކުންފުނިތަކުން 40 އަށް ވުރެ ގިނަ ބައިވެރިން ތަމްރީނުކުރާނެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ސުނާމީ ކާރިޘާއަކަށް އިޖާބަ ދިނުމަށް މުޖުތަމަޢުތަކުގެ ތައްޔާރުކަމާއި، ވިލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން ސުނާމީ ކާރިޘާއެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައާއި، ބިނާރާއި، ދަނޑުބިމާއި، ކައިބޮއި ދިރިއުޅުމަށް ކުރަމުން އައި އެންމެހައި މަސައްކަތްތައް ނެތި ގޮސް ލިބިދާނެ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވުމަށް އެކަށައެޅޭ އިސްތިރާޖީތައް ޤާއިމްކުރުމާ ގުޅޭ ތަމްރީންތައް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ކުރިއަށްގެންދެވޭނެ އެކިއެކި ހަރަކާތްތައް ފުރިހަމަކުރާ ރަށްތަކަކީ 'ސުނާމީ ރެޑީ' ރަށްތަކުގެ ގޮތުގައި ކަނޑައަޅާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު