މާލެ ސަރަހައްދާއި މެދުރާއްޖެތެރެއިން މަސް ގަތުމަށް މިފްކޯގެ ބޯޓުތައް ހަރަކާތްތެރިވަނީ

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

މާލެ ސަރަހައްދާއި މެދުރާއްޖެތެރެއިން މަސް ގަތުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބޯޓުތައް މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މިފްކޯއިން މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވެފައިވާތީ، މިފްކޯގެ "ރަންދީ 20" މިވަގުތު އެ ސަރަހައްދުން މަސް ގަންނަމުންދެއެވެ.

މީގެއިތުރުން، ލ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ސަރަހައްދުގައި މަސްވެރިކަން މެދުމިންވަރަކަށް ރަނގަޅުކަމަށް ފާހަގަކުރައްވައި، އެ ސަރަހައްދުން މަސް ގަތުމަށް މިއަދު "މަހާ ކަލަމިންޖާ" ބޯޓު ފޮނުވާނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

އަދި މިވަގުތުވެސް މިފްކޯގެ އަނެއް ބޯޓު "ރަންދީ 23" މީމު އަތޮޅުން މަސް ގަންނަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މިފްކޯގެ މި ހަރަކާތްތަކުން ދިވެހި މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ލިބި، އެ ފަރާތްތަކުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށްވެސް ކުރިއެރުން ލިބިގެންދާނެއެވެ.

މިފްކޯ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެއާއެކު މިފްކޯ "ރައިޓް ސައިިޒް"ކޮށް މިފްކޯގެ ވަސީލަތްތައް ވީހާވެސް ބޭނުންތެރި، މަސްވެރިންނަށް އެންމެ ފައިދާކުރަނިވި ގޮތަށް ބޭނުން ކުރުމަށް މިފްކޯއިން މަސައްކަތް ފަށާފައިވާކަމަށް މިފްކޯއިންވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު