ޕޮލިޓެކްނިކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ކަރަންޓު މަސައްކަތް ދަސްކޮށްދޭ ކޯހެއް

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ކޯސް ފަށައިފިއެވެ. މި ކޯހުގައި އަޑު އެހުމުގެ ނުކުޅެދުންތެރިކަން ހުންނަ 17 އަށްވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ހިންގާ މި ކޯހަކީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ޤައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. އަދި ކޯސް ފުރިހަމަ ކުރާ އެންމެހައި ފަރާތްތަކަށް ގޭގެއަށް ގޮސް އިލެކްޓްރިކަލް މަސައްކަތްކުރުމުގެ ލައިސެންންސް ވެސް ލިބިގެންދާނެއެވެ. 4 އޮގަސްޓުގައި ފެށިގެންދިޔަ މި ކޯހަކީ 6 މަސްދުވަހުގެ ކޯހެކެވެ.

ޕޮލިޓެކްނިކާއި ގުޅިގެން ފެށި މި ކޯސްތަކަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހިކުރުމާއެކު، ވަޒީފާގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުން ގެންދާ ގިނަ ގުނަ މަސައްކަތްތަކުގެ ބައެކެވެ.

އެއާއެކު، މިފަދައިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއްވެސް މީހަކު ބާކީ ނުވާނެހެން މުޖުތަމައުގައި ހަމަހަމަކަން ގާއިމްކުރުމަށް ވެސް ބާރު އެޅިގެންދާނެ އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ ބެހޭ ވުޒާރާއިން ވަނީ ޕޮލިޓެކްނިކުން މިފަދަ ކޯސްތަކެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިންގާދެއްވާ ކަމަށްޓަކައި، ޕޮލިޓެކްނިކްގެ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ވަކިން ޚާއްސަކޮށް މި ކޯސް ނަންގަވައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޒޫޝާން ކަމާލުއްދީން އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ކޯހުގެ އިތުރުން، ޕޮލިޓެކްނިކްގެ ކޭކް އަޅަން ދަސްކޮށްދިނުމުގެ ކޯހެއްވެސް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު