ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް އުރީދޫ އާއެކު މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު އެއްވެސް ފަރާތެއް ހަވާސާވެ ބާކީ ނުވާ ގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ، ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާއި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގައި ހީނަރުވަމުންދާ ގުޅުންތައް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކަށް ވަނީ އަލި އަޅުވާލާފައެވެ. ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރަމުންދާއިރު، މި ބަދަލުތަކަށް މުޖުތަމަޢުގެ އެންމެހައި ފަރާތްތައް ތައްޔާރުވެފައި ތިބުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން މި ބައްދަލުވުމުގައި ޢާއިލާތަކަށާއި، ޖުމްލަކޮށް މުޅި މުޖުތަމަޢަށް ފައިދާހުރި ގޮތަކަށް އާންމު ދިރިއުޅުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

ޑިޖިޓަލް ދުނިޔޭގައި ބޭނުންވާ ހުނަރާއި އެކްސެސް، ނުވަތަ މި ޕްލެޓްފޯމުތައް ބޭނުންކުރުމުގެ އިޚްތިޔާރާއި ކުޅަދާނަކަން މުޖުތަމަޢުގެ ކޮންމެ ފަރާތަކަށް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކޮށް، އޭގެ ޒަރީއާއިން ލިބޭ ފުރުސަތުތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެ، ދޭދޭ ގުޅުންތައް ހީނަރުވަމުންދާ މި ޒަމާނުގައި މީސް މީޑިއާގެ މަންސަތަކަކީ ޢާއިލީ ގުޅުންތައް ވަރުގަދަ ކުރުމަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ހަވާސާވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް އެންމެންނަށް ލިބި، ބޭނުންކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށްވެސް މަޝްވަރާކުރެވުނެވެ. މި ވުޒާރާއާއި އުރީދޫ މޯލްޑިވްސްއިން ގުޅިގެން ކުރެވޭ މަސައްކަތުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާ، އޯގާތެރި، ގުޅުންތައް ބަދަހި މުޖުތަމަޢެއް ބިނާކުރުމެވެ.

އެއާއެކު މި މަޝްވަރާތަކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ވުޒާރާއިން ހިންގާ އެންމެހައި ޕްރޮޖެކްޓުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުމެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު