މިނިސްޓަރަށް "ޓްރެވަލް ފޮތް" ހަދިޔާކުރައްވައިފި

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

ކޯރަލް ގްލާސް މޯލްޑިވްސްއިން ތައްޔާރުކޮށްފައިވާ "ޓްރެވަލް ފޮތް" ގެ ކޮޕީއެއް މިނިސްޓަރ ތާރިޤް އިބްރާހީމަށް ހަދިޔާ ކުރައްވައިފިއެވެ.

މި ފޮތަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚާއި، ވައިގެ ދަތުރުފަތުރާއި، ރިސޯޓް ޓޫރިޒަމްގެ ތަރައްޤީ ފާހަގަކޮށް އެކުލަވާލާފައިވާ ފޮތެކެވެ.

މިނިސްޓަރ ތާރިޤް މި ފޮތް ބަލައިގަތުމަށްފަހު، މި މުހިންމު މަސައްކަތަށްޓަކައި ކޯރަލް ގްލާސް މޯލްޑިވްސްއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި ޓީމަށް ހިތްވަރު ދެއްވިއެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚު ރެކޯޑްކޮށް ޑޮކިއުމެންޓް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކަކީ ކުރިއަށް އޮތް ޖީލުތަކަށް ވެސް ފައިދާކުރާނެ މަސައްކަތްތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު