ބާ ކައުންސިލުން އެމްކިއުއޭ އާއި ބައްދަލުކޮށްފި

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

ބާ ކައުންސިލް އޮފް ދަ މޯލްޑިވިސްގެ މެންބަރުންނާއި ޤާނޫނީ ދާއިރާގައި މަތީ ތަޢުލީމު ފޯރުކޮއްދެއްވާ އިންސްޓިއުޓްތަކުގެ އިސްވެރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ) އާއި ބައްދަލު ކުރައްވައިފިއެވެ.

އެމްކިއުއޭ ގައި މި މަހުގެ 4 ވަނަ ދުވަހު ބޭއްވެވި މި ބައްދަލުވުމަކީ ގާނުނީ ދާއިރާގެ އިންސްޓްޓިއުޓްތަކުން ކުރިއަށް ގެންދާ ކޯސްތަކާއި އިމްތިހާނުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބާ ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ ދަށުން، ޤާނޫނާއި ގުޅޭ ތަޢުލީމު އުގަންނައިދޭ އިންސްޓްޓިއުޓްތަކުގައި އިމްތިހާނުތައް ކުރިއަށް ގެންދިޔުމުގައި ސަމާލުކަން ދޭންޖެހޭ އުޞޫލުތަކާއި ޤަވާޢިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، އީ-ލާނިންގ މޮޑާލިޓީގެ ދަށުން އޮންލައިންކޮށް އިމްތިހާނު ބޭއްވުމުގެ އުޞޫލުތަކާއި ހުއްދައާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ބާ ކައުންސިލް އޮފް ދަ މޯލްޑިވިސްއަކީ ދިވެހި ދަޢުލަތުގައި އިންސާފު ޤާއިމުކުރުމަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ ފެންވަރު ބެލެހެއްޓުމާއި ހިފެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ. އެގޮތުން، މި އިދާރާ އިން ވަނީ ހަމަތަކާއި އުޞޫލުތަކުގެ މަތިން ވަކީލުންނަށް ޤާނޫނީ ދާއިރާގައި ކުރިއަރައި ދިޔުމަށް އެތަށް ދޮރުތަކެއް ހުޅުވައިލާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރަމުން އަންނަ މޯލްޑިވިސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އަންނަނީ ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ފޯރުކޮއްދޭ އިންސްޓިޓިއުޓްތަކާއި ކޮލެޖުތަކުގެ އިތުރުން ކަމާ ބެހޭ މުޢައްސަސާތަކާއި ބައްދަލުކުރައްވައި،އެކި ކޯސްތަކާއި އިމްތިހާނުތައް ކުރިއަށް ގެންދިޔުމުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ގުޅޭގޮތުން އިރުޝާދު ދެއްވަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު