ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއަރމަން ރާއްޖެ ވަޑައިގެންފި

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގް ކޮމިޓީގެ ވައިސް ޗެއަރމަން، ހަރ އެކްސެލެންސީ ޒޫ ޗުންޝިއު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރިއާއި އިޤްތިޞާދީ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މި ދަތުރުފުޅުގެ ތެރޭގައި، ވައިސް ޗެއަރމަން ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި، ސަރުކާރުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން، ޗައިނާ (ސިޗުއާން) - މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްއެއް، 6 އޯގަސްޓްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ސިޗުއާން ޕްރޮވިންސްގެ އެކި ދާއިރާތަކުގެ ވިޔަފާރިތަކުން ބައިވެރިވެރިވާނެއެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތަކާއި، ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސްކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާ ބެހޭ ވިޔަފާރިތަކާއި، ކޮންސިއުމަރ ގުޑްސް އަދި ހޯލްސޭލް ވިޔަފާރިތަކާއި، ފަތުރުވެރިކަމާ ބެހޭ ދާއިރާގެ ވިޔަފާރިތައް ހިމެނެއެވެ.

ޢިޤްތިޞާދާ ވިޔަފާރިޔާބެހޭ ވުޒާރާއިންވަނީ މި ކޮންފަރެސްގައި ބައިވެރިވުމުމަށް އެދޭ ދިވެހި ވިޔަފާރިތަކަށް ކޮންފަރެންސްގައި ބައިވެރިވާން ހުށަހެޅުމަށް ނިމިދިޔަ ޖުލައިމަހުގެ 18 އާއި ހަމަޔަށް ފުރުޞަތު ދެއްވާފަވެ.

މި ކޮންފަރެންސްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ އެކި ކުންފުނިތަކާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ފުރުޞަތު ލިބި، ވިޔަފާރިއަށް މަގުފަހިވެގެންދާނެއެވެ. މިއީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު