އެމެރިކާގެ އެހީގައި ހަކަތައިގެ މަޝްރޫޢެއް ފަށަނީ

އައިޝަތު ޝިއުރާ
06 Aug 2024
ހަބަރު

ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގެ ދަށުން ފެށޭ "ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް" (ސާރެޕް) މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ވިދާޅުވީ ހަކަތަ ރައްކާތެރިކަން އިތުރުކޮށް، ހަކަތައިގެ ކުރިއަރާފައިވާ ހައްލުތައް ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވާފައިވެއެވެ. ޔޫއެސްއެއިޑްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ހަކަތައާ ގުޅޭ ތަފާތު ގޮންޖެހުންތައް ހައްލުކުރުމުގައި މިފަދަ ޕާޓްނަޝިޕްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެއަށްފަހު ޔޫއެސްއޭއިޑްގެ ބިއުރޯ ފޯ އޭޝިއާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މިސްޓަރ މައިކަލް ޝިފަރ ވަނީ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފަ އެވެ.

މި މަޝްރޫޢަކީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ހަކަތަ ބޭނުންކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށް ބާރުއަޅައި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް މަގުފަހިކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ހަރަކާތުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީ) ހިމެނޭ ގޮތަށް އެކި މިނިސްޓްރީތަކާއި ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެފައި ވެއެވެ.

ސަރެޕްގެ އަމާޒަކީ އަގުހެޔޮ، އިތުބާރު ހުރި، އަދި ދެމެހެއްޓެނިވި ހަކަތަ ލިބުން ރަނގަޅުކުރުމުގައި އިސްކަންދޭ ކަންކަމާއި އަމާޒުތަކަށް އެހީތެރިވުމާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އެންމެ ރަނގަޅު އުސޫލުތަކާއި ލިބިފައިވާ ފިލާވަޅުތައް ހިއްސާކުރުމެވެ. ސަރެޕްގެ އިންޓަރވެންޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރީޖަނަލް އެނާޖީ މާކެޓް އިންޓަގްރޭޝަން، އެޑްވާންސްޑް އެނާޖީ ސޮލިއުޝަންސް އެންޑް ސިސްޓަމްސް، ޔުޓިލިޓީ މޮޑަނައިޒޭޝަން، އިންވެސްޓްމަންޓް މޮބިލައިޒޭޝަން، އަދި ބެސްޓް ވެލިއު ޕްރޮކިއުމަންޓަށެވެ.

ކޮމެންޓް
އިތުރު ލިއުން
ސިނގިރޭޓުން ކުރި ވައްކަން: އާއްޓޭގެ ބަންދަށް 15 ދުވަސް، ދިގަލިގެ ބަންދަށް 10 ދުވަސް
ހުޅުމާލެ ބަނދަރުން އެތެރެކުރި ސިނގިރޭޓްގެ ދެ ކޮންޓެއިނަރެއް ވަގަށް ނެގި މައްސަލައިގެ ރިންގްލީޑަރުންގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިން ބަންދަށް ފޮނުވާލައިފިއެވެ.
15 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ށ. ނަރުދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ނަރުދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނަރުދޫ ޕްރީ ސްކޫލްގައެވެ.
15 Oct 2025
ހަބަރު
ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދީ، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދޭނަން: ރައީސުލްޖުމްހޫރިއްޔާ
އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
15 Oct 2025
ހަބަރު
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ހައްޔަރަށް
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
15 Oct 2025
ހަބަރު