މާލެ ސިޓީ ކައުންސިލްގެ އައު ތިން މެމްބަރުން މޭޔަރު އާޒިމް އާއި އެކު-- ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ

މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުން ހުވާކުރައްވައިފި

އަލީ ޝާހީން
07 Aug 2024
ހަބަރު

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެމްބަރުން މިއަދު ހުވާކުރައްވައިފިއެވެ.

އަލަށް އިންތިހާބުވި ތިން ކައުންސިލަރުން ހުވާކުރުމަށްޓަކައި ރަސްމިއްޔާތު ބާއްވާފައިވަނީ މާގިރީގައެވެ. އެގޮތުން މިއަދު މާގިރީގައި ބޭއްވި ރަސްމިއްޔާތުގައި ތިން މެމްބަރުންނަށް ހުވާ ލައްވައިދެއްވާފައިވަނީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުއެވެ.

މިދިޔަ މަހުގެ 20 ގައި ބޭއްވި ބައި އިލެކްޝަނުގައި މާލެ ސިޓީ ކައުންސިލުގެ ތިން ގޮނޑިވެސް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ކުރިއެވެ، އެގޮތުން ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރުންނަކީ އަލީ އައިމަން ، ފާތުމަތު ޝައުފާ ސަލީމް އަދި ފާތިމަތު އިޝަން އަލީ އެވެ. 

މާގިރީގައި ހުވާކުރުމައްޓާކައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އޭނާ މޭޔަރު ކަމަށް އިންތިޚާބުވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވައިފައިވަނީ ވަކި ފިކުރަކަށް ބެލުމެއް ނެތި، މާލޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކަމަށާއި، ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރުންނަށް އޮތް ހިތްހަމަޖެހުމަކީ، އެ މީހެއްގެ ގާބިލުކަމާއި އިޚުލާސްތެރިކަން ބަލައިގަންނަ ގިނަ ބަޔަކު ތިބިކަން އިހުސާސުވުން ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު