ޤާރީންގެ ގުންޒާރު ބާއްވައިފި

އައިޝަތު ޝިއުރާ
09 Aug 2024
ހަބަރު

ކީރިތި ޤުރްއާން ކިޔެވުމާއި ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޤާރީންނަށް އަމާޒުކޮށްގެން "ޤާރީންގެ ގުންޒަރު 2024" މި ނަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ ރާއްޖޭގެ ޤާރީން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކޮށްލުމަށާއި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުމުގެ ވަގުތުކޮޅެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ސިލްސިލާކޮށް ބާއްާން ނިންމަވައިފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ޤާރީންގެ ތެރެއިން 36 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

7 އޮގަސްޓު 2024 ވީ ބުދަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

މި ގުންޒަރުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން، ކީރިތި ޤުރްއާން ކިޔަވައިދިނުމުގެ ދާއިރާއާ ގުޅުން ހުރި ކަރުދާހެއް ހުށަހަޅައި، ޤާރީންގެ މެދުގައި އެ ކަރުދާހާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ޤުރްއާނުގެ ދާއިރާގައި ރާއްޖޭގެ ޤާރީންނަށް މިހާރު ދިމާވާ ގޮންޖެހުންތަކާމެދު ޤާރީންގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު