ޔޫއެންއޯޑީސީއާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ވީބީއެސްއެސް ބޯޑިންގ ޓީމް ޕްރޮގްރާމެއް ހިންގައިފި

އައިޝަތު ޝިއުރާ
09 Aug 2024
ހަބަރު

އެމްއެންޑީއެފް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ބޯޑިންގ ޓީމްތަކަށް ޚާއްޞަ ވީބީއެސްއެސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ޖުލައި 28 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ޅ. މާފިލާފުށީގައި ހިންގި މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު (އޮގަސްޓް 08 ވަނަ ދުވަހު) އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އެކްޓިންގ ކޮމާންޑިންގ އޮފިސަރ، މޭޖަރ އަޙްމަދު ޝަފީއުއެވެ.

މި ތަމްރީނު ކޯހަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީނުތަކުގެ ތެރެއިން ތަމްރީނެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ 8 ސިފައިން ބައިވެރިވި މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޔޫއެންއޯޑީސީގެ މުދައްރިބުންނާއި ކޯހުގެ ދަރިވަރުންގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު