ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން -- ފޮޓޯ: މިހާރު

ޒިފްލީނާ ފްލެޓް ގަތް މައްސަލަ ބަލަން އޭސީސީއަށް ފޮނުވައިފި

އަލީ ޝާހީން
14 Jul 2024
ހަބަރު

ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ހުޅުމާލެ އިން ފްލެޓެތް ގަތް މައްސަލަ ބަލަން ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ހުޅުމާލެ އިން ގަނެފައިވަނީ 3.5 މިލިއަން ރުފިޔާގެ ފްލެޓެކެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި ޒިފްލީނާ ފްލެޓް ގަތް މައްސަލަ ފުލުހުންގެ ހިދުމަތުން އޭސީސީއަށް ހުށަހަޅައިފައިވެއެވެ. 

ޒިފްލީނާ ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭ ބިމުގެ ނަންބަރ 10951 (އެފް ޑަބްލިޔު ރެސިޑެންސަސް - ހުޅުމާލެ) ފައިސާ ދައްކައި ޚަލާސް ކުރުމަށްފަހު އެ އިމާރާތުން ފްލެޓެއް ގަނެފައެވެ. އަދި އޭނާ މި ފްލެޓް ގަނެފައި ވަނީ 3،563،647.92 (ތިން މިލިޔަން ފަސްލައްކަ ފަސްދޮޅަސް ތިން ހާސް ހަސަތޭކަ ސާޅީސް ހަތެއް ރުފިޔާ ނުވަދިހަ ދޭއް ލާރި) ރުފިޔާއަށޤ ކަމަށްވެސް އެނގިފައިވެއެވެ. 

މި މައްސަލައިގައި ސިވިލް ކޯޓުންވެސް ހުކުމް ކޮށްފައިވެއެވެ. އެކޯޓުން ކުރި ހުކުމުގައިވަނީ އެބިމަށް ވާ އަގު ތިން މިލިޔަން ފަސްލައްކަ ފަސްދޮޅަސް ތިން ހާސް ހަސަތޭކަ ސާޅީސް ހަތް ރުފިޔާ ނުވަދިހަ ދެ ލާރި ޒިފްލީނާ ހަސަން ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ވިއްކި ފަރާތާއި ގަންނަ ފަރާތުން ބުނާ ކަމަށެވެ.  އަދި އެ ގޯތީގެ އެއްމެދު އިމާރާތުގެ ފްލެޓް ރަޖިސްޓްރީ ނަންބަރ އ.އ.ހ-01/10-03/251 ގެ 1235.42 އަކަފޫޓުގެ ނަންބަރ 03-10 ފްލެޓް ހައުސިންގ ޑިވެލޮޕްމަންޓުން ހުށަހެޅި އަގު، ދައްކައި ޚަލާސްކޮށްފައިވާތީ 03-10 ނަންބަރު ފްލެޓް ސިވިލް ކޯޓުން މިވަނީ ޒިފްލީނާއަށް މިލްކުވެރިކޮށްދީފައިކަމަށެވެ. 

މީގެ އިތުރުން ޒިފްލީނާ ފޭސްބޫކް ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ފްލެޓަކީ އޭނާ ސްޓޭޓް މިނިސްޓަރެއްގެ މަޤާމަށް އައްޔަން ކުރުމުގެ ކުރިން ގަނެފައިވާ ފްލެޓެއް ކަމަށާއި އެ ފްލެޓް އެޗްޑީސީން ކުރަން ޖެހޭ އިދާރީ ކަންތައްކޮށް ނިމުމުން އެ ފްލެޓް އޭނާއަށް މިލްކުވީ އެތަނުގައި ދިރިއުޅެމުން އަންނަތާ 4 އަހަރު ފަހުން ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު