ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޢައްޒާގެ ސްކޫލަކަށް ދިން ހަމަލާގައި އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭ - ރައީސް މުއިއްޒު

އަލީ ޝާހީން
11 Aug 2024
ހަބަރު

ޢައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިޒްރާއީލް ސިފައިން ދިން ހަމަލާގައި އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކސް ގައި މކިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ޢައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިޒްރާއީލް ސިފައިން ދިން ހަމަލާގައި އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށާއި އަދި އެ ހަމަލާ ތަހުގީގުކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކުން އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭނޭ ކަމަށެވެ. ރައީސް ގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ އިޒްރާއީލްގެ އަނިޔާވެރި މި ހަމަލާގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނާއި މުސްކުޅިންނާއި އާއްމުންނަށް ލިބުނު ހިތްދަތި މަންޒަރުތައް ފެނިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން އިޒްރާއީލުން ފަށަފައިވާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށެވެ. މިގޮތުން މި ހަމަލާތައް ހުއްޓުވަން އިޒްރާއީލުން އެއްވެސް މަސައްކަތެއް ކުރަމުންދާކަން ފާހަގަ ނުކުރެވޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު