ޣައްޒާ

އަލް މަވާސީއަށް އިސްރާއީލުން ދިން ހަމަލާއިން ހަމާސްގެ އަސްކަރީ ވެރިޔާ ސަލާމަތްވި

އައިޝަތު ޝިއުރާ
14 Jul 2024
ދުނިޔެ

ހޮނިހިރު ދުވަހު އިސްރާއީލު އަސްކަރިއްޔާއިން އަލް މަވާސީއަށް ދިން ހަމަލާއިން ހަމާސްގެ އަސްކަރީ ވިންގު, ޤައްސާމް ބްރިގޭޑްގެ ވެރިޔާ މުހައްމަދު ދިއެފް ސަލާމަތްވިކަމަށް ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ. 

ނަން ހާމަނުކޮށް ހަމާސްގެ އޮފިޝަލަކު އޭއެފްޕީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މުހައްމަދު ދިއެފްގެ ހާލު ރަނގަޅުކަމަށާއި މިވަގުތުވެސް ހަމާސް އިން ކުރިޔަށްގެންދާ އޮޕަރޭޝަން ގާތުން ބަލަމުން އަންނަކަމަށެވެ. 

ސޭފް ޒޯނެއްކަމުގައި އިސްރާއީލު އަސްކަރިއްޔާއިން ކަނޑައަޅާފައިވާ އަލް މަވާސީއަށް ހަމަލާދިނީ އެސަރަހައްދުގައި މުހައްމަދު ދިއެފް ހުރުމުންކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ. އެހަމަލާގައި މަދުވެގެން 90 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ހަމާސް އިން ވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގުކޮށް އެއީ އިސްރާއީލުން ނަސްލު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމަށް އިތުރުވި ބޮޅެއްކަމަށް ބުނެފައެވެ. 

މުހައްމަދު ދިއެފް އަކީ އިސްރާއީލުން އެންމެ ބޭނުންވާ ހަމާސްގެ ލީޑަރުންގެ ތެރެއިން އެކަކެވެ. މުހައްމަދު ދިއެފް މަރާލުމަށް އިސްރާއީލުން ވަނީ މީގެކުރިންވެސް އެތައް ފަހަރަކު ހަމަލާދީފައެވެ. 

ދިއެފް އަކީ ހަމާސްގެ އަސްކަރީ ވިންގު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. ހަމާސްގެ އަސްކަރީ ވިންގް ، ޤައްސާމް ބްރިގޭޑް 1990 ގައި އުފެދުނީއްސުރެ 20 އަހަރަށް ވުރެ ގިނަ އަހަރު ޤައްސާމް ބްރިގޭޑް ހިންގުމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ކުއްލި ގޮތަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ހަމާސްގެ ޣައްޒާގައި ހުންނަ އެންމެ އިސް ލީޑަރު ޔަހުޔާ ސިންވާރު އަދި ޤައްސާމް ބްރިގޭޑްގެ ވެރިޔާ މުހައްމަދު ދިއެފްކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ. 

ބެލެވޭ ގޮތުގައި އިސްރާއީލުން އޭނާ މަރާލުމަށް ދިން އެތައް ހަމަލާތަކަށްފަހު ދިއެފް މިހާރު ހުންނަނީ ވާގިނެތިފައެވެ. އޭނާ އާންމުންގެ ތެރެއިން ނުފެންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ. އަދި އިންޓަރނެޓުންވެސް ފެންނަން ހުންނަނީ އޭނާގެ މަދު ފޮޓޯތަކެކެވެ. އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ހަމާސް އިން ވަނީ ދިއެފްގެ އޯޑިއޯ ރިކޯޑިންގ އެއް ޕޯސްޓްކޮށްފައެވެ. އެ ރިކޯޑިންގ ގައި ދިއެފް " އަލް އަޤްސާ ފްލަޑް އޮޕަރޭޝަން " ހިންގާކަން ހާމަކުރެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު