އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 290 މައްސަލަ ރިޕޯޓް ކޮށްފި

އައިޝަތު ޝިއުރާ
12 Aug 2024
ހަބަރު

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ އޮންލައިން ޕޯޓަލް "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 290 މައްސަލައެއް ރިޕޯޓް ކޮށްފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މީގެތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަހުގީގުކުރަމުން އަންނައިރު، އިމިގްރޭޝަނުން އަންނަނީ 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަމަ އެއާއެކު ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް އެއީ ކަމާ ގުޅުން ނެތް މައްސަލަތައްކަންވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލި މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެއެވެ.

މީގެއިތުރުން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް 24 ގަޑީއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އިމިގްރޭޝަނުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ. އަދި އެއިދާރާއަށް ރިޕޯޓް ކުރުމަށް ކަނޑައެޅިފައިވާ އިމިގްރޭޝަން ވޮޗް ނިޒާމުގެ ތެރެއިން ޤަވާދައިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރަމުން ދިއުމަށް ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ވަނީ ދާދިފަހުންވެސް ސާފުތާހިރުކަން ކުޑަކޮށް، ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް ހުޅުމާލޭގައި ބަލާފާސްކޮށްފައެވެ. އެ މައްސަލާގައި 2 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އިމިގްރޭޝަނުން ވަނީ ސާފުތާހިރުކަމުގެ މިންގަނޑާއި އިޖްތިމާޢީ މިންގަޑަށް ތަން ނުފެތުމުން ކަމާބެހޭ އިދާރާތަކަށް އެކަން އަނގާފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު