ރާއްޖޭގެ ތާރީޚްގައި ތެލަސީމިއާއަށް އެންމެ ބޮޑު އިސްކަމެއް ދިނީ މި ސަރުކާރުން: މެޑަމް

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ތެލެސީމިޔާގެ ހިތްދަތިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް މި ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެކަށައެޅިފައިވާ 10 އަހަރު ދުވަހުގެ ތެލެސީމިއާ މާސްޓަރ ޕްލޭންގެ ވެލިޑޭޝަން ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ތެލެސީމިއާ އަކީ ޤައުމީ ބޮޑު މައްސަަލަ އަކަށްވާއިރު، ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް މި ސަރުކާރުން ދެއްވަމުންދާ ކަމަށެވެ.

އެގޮތުން މިސަރުކާރުން ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ އެކުދިންނަށް ދެވޭ ޙިދުމަތުގެ ފެންވަރު ކަށަވަރުކޮށް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން އެ ޚިދުމަތްތައް ފޯރޮކޮށްދެއްވަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އޭގެތެރެގައި ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށް ފޮނުވާފައިވާކަމަށާއި އަދި އޭގެ ތެރެއިން 1 ކުއްޖަކު އެނބުރި ރާއްޖެ އައިސްފައިވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑީ.އެން.އޭ ފަދަ މުހިއްމު ޓެސްޓްތައް ހެދޭނެ މަގު މިސަރުކާރުން މަގުފަހިކޮށްދީފައިވާކަމަށާއި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅި ރާއްޖެއަށް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސައިދީފައިވާކަން ފާހަގަކުރެއްވިއެވެ.

މިއާއެކު ތެލެސީމިޔާ ބައްޔަށް ޚާއްޞަ ޒަމާނީ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެކުލެވިގެންވާ މަތީފެންވަރުގެ ހޮސްޕިޓަލެއް ކަމުގައި ވިދާޅުވިއެވެ. އަދި ތެލެސީމިޔާ ބައްޔާ ގުޅޭ އެކިއެކި ފަރުވާ ލިބިގަތުމުގައި ލުއިގޮތްތައް އިންތިޒާމުކުރެވިފައިވާ ހޮސްޕިޓަލެއް ކަމަށާއި ފަރުވާ ހޯދަން ހޭދަވާ މުއްދަތުގައި މާލީ ގޮތުންނާއި އަދި އެ ނޫން ވެސް އެކި ގޮތްގޮތުން އުފުލަން ޖެހޭ ތަކުލީފުތަކަށް ނިމުމަކަށް އަންނާނެ ކަމަށް މެޑަމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު