ދުވުންތެރިޔާ ނަޞްރުﷲ އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަދިޔާކުރައްވައިފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

 މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސާޖަންޓް ފަސްޓް ކްލާސް ނަޞްރުﷲ އަޙްމަދުގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ހަދިޔާކުރައްވައިފިއެވެ.

މި މެޑައްޔާއި ޖަރޒީ އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

އަދި، ނަޞްރުﷲ ގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. މީގެ އިތުރުންވެސް ނަޞްރުﷲ ބޭނުންފުޅުވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށްޓެވި ނަސްރުالله އަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ، 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެރިވެވަޑައިގެން، އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވުނީ އެއަހަރުކަމަށްވާތީއެވެ. ނަސްރުالله ގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.  

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު