ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ނިންމާލައިފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ބޭރުގެ އަސްކަރިއްޔާތަކަށް ވެސް ހުޅުވާލައިގެން އެމްއެންޑީއެފުން ބާއްވާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ 12 ވަނަ ކޯސް  ނިންމާލައިފިއެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާއި ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ގުޅިގެން ހިންގި 12 ވަނަ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި އޯގަސްޓް 12 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސްގެ މިނިސްޓަރ، މުޢާޛު ޙަލީމެވެ. އަދި ކޯހުން ފާސްވި ދަރިވަރުންގެ މޭމަތީގައި ބެޖު ޕިންކޮށްދެއްވައި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. ކޯހުގެ އިންސްޓްރަކްޓަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދުއެވެ. އަދި، ކޯސް ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ ކޯސްޓްގާޑު 12 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ކޮސް އޮފިސަރ މޭޖަރ މުޙައްމަދު ޝަފީއުއެވެ.

ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން 14 ހަފުތާގެ މުއްދަތަށް ގިރިފުށީގައި ހިންގި މި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމާއި، މެރިޓުން އެއްވަނަ ދަރިވަރުގެ މަޤާމަށް ހޮވުނީ، ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަންއެވެ. ފިޓެސްޓް ޑައިވަރުގެ މަޤާމަށް ހޮވުނީ ސްރީލަންކަން ކޮމާންޑޯގެ ލާންސް ކޯޕްރަލް އާރ ޕީ އާރކޭ ދިލްޝަން. މި ކޯހުގައި ބައިވެރިވި ރާއްޖެއިން ބޭރު އަސްކަރިއްޔާތަކުގެ ޑައިވަރުންގެ ތެރެއިން ހޮވާ ބެސްޓް ފޮރިން ސްޓޫޑެންޓް މަޤާމަށް ހޮވުނ ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަންއެވެ.

އިނގިރޭސި މީޑިއަމަށް ހިންގި މި ކޯހުގައި ޖުމުލަ 17 ސިފައިން ބައިވެރިވެ ކޯސް ފުރިހަމަ ކުރިއެވެ. މިކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ތެރެއިން މެލޭޝިއާ، ސްރީލަންކާ، ނޭޕާލް، ތުރުކީ، ބަންގްލަދޭޝް އިން ނުވަ ސިފައިން ބައިވެރިވިއެވެ.

ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޢިޔާޡްއާއި ބައެއް ޖެނެރަލް އޮފިސަރުންނާއި ކޯސްޓްގާޑްގް ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި ކޯރތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން ކޯސްޓްގާޑްގެ ބައެއް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު