ޒުވާނުން ނަފްސާނީ ބަލިތަކަށް ހޭލުންތެރިކުރުމާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ފުރާވަރު އަދި ޒުވާން ކުދިންނަށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ވޯކްޝޮޕެއް ބާއްވައިފިއެވެ.

އޮސްޓްރޭލިއަން ހައިކޮމިޝަނާއި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ބޭއްވި މިވޯކްޝޮޕްގައި ނަފްސާނީ ޚިދުމަތްތައް ވިލަރެސް ކުރުމާއި ފަންނީ އެހީތެރިކަމާއި ލަފާ ދިނުމުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުރުން ޒުވާނުންނާ ގުޅުންހުރި ވުޒާރާތާކާއި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ މެންޓަލް ހެލްތު ރިސާޗް އެންޑް ނޮލެޖް ޓްރާންސްލޭޝަން އޯގަނައިޒޭޝަން އެއްކަމަށްވާ އޯގެންއިންނެވެ.

އޯގެންއިން ވަނީ މެންޓަލް ހެލްތުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެ ސަޕޯޓްސް ގްރޫޕް ހެދުމާއި، ހޭލުންތެރިކަން އިތުރު ކުރުމާއި ގުޅޭގޮތުން މި ވޯކްޝޮޕްގައި މަޝްވަރާކުރައްވާފައެވެ.

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ފަރުވާގެ ނިޒާމް މެދު ނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މި ވައުދުގެ ދަށުން ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް، 24 ގަޑި އިރު ޚިދުމަތް ލިބޭނެ ޚާއްސަ ގައުމީ ހެލްޕްލައިނެއް ވަނީ ތައާރަފްކޮށްފައެވެ. ތައާރަފްކުރެވުނު މިހެލްޕްލައިންގެ ނަންބަރަކީ 1677 އެވެ.

މި ހެލްޕްލައިންގެ މަޤްސަދަކީ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުން އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ނަފްސާނީ ގޮތުން އުނދަގޫ ޙާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީ ވާހަކަތައް ޙިއްސާކުރެވޭނެފަދަ މާޙައުލެއް ޤާއިމްކުރުމެވެ.

މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީތެރިކަން ހުރިހާ އުމުރަކަށްވެސް ފޯރުކޮށްދޭނެއެވެ. އަދި ނަފްސާނީ ފުރަތަމަ އެހީގެ އިތުރުން އެފަދަ މައްސަލަ ޙައްލުކުރުމުގައި އެހީތެރިވުމާއި، މައުލޫމާތު ފޯރުކޮށްދިނުމާއި ގުޅުންހުރި ޚިދުމަތްތަކަށް ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން ރެފަރަލް ހަދައިދެވޭނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު