ހދ. ހަނިމާދޫގައި ދުރާލާ އިންޒާރުދޭ ނިޒާމް ހަރުދަނާކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ހދ. ހަނިމާދޫގައި ދުރާލާ އިންޒާރުދޭ ނިޒާމް ހަރުދަނާކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހދ. އަތޮޅުގެ ކަމާގުޅޭ ފަރާތްތަކާއެކު ދުރާލާ އިންޒާރުދޭ ނިޒާމް ހަރުދަނާކުރުމަށް ރޭވޭ މަޝްރޫޢަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ ދަށުން ތައްޔާރުކުރެވޭ ރިޕޯޓުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި އަދި އަމިއްލަ ޖަމްޢިއްޔާތަކުގެ ފަރާތުން ބައިވެރިވިއެވެ. ދުރާލާ އިންޒާރުދޭ ނިޒާމް ހަރުދަނާކުރުމުގެ މުހިންމުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ތައްޔާރުވުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މި ބައްދަލުވުން ބޭއްވުނީ މިދިޔަ ހަފްތާގައި ކަމަށްވާއިރު، މީގެ ކުރިން މިފަދަ ބައްދަލުވުންތައް އެހެން އަތޮޅުތަކުގައިވެސް ބޭއްވިފައިވާކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ދުރާލާ އިންޒާރުދޭ ނިޒާމް އިތުރަށް ހަރުދަނާވެ، ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު