ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މޯލްޑީވްސް ޕޮލިސް ގެ އިސްވެރިންނާއި މިމިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެންވަޔަރަންމަންޓަލް ޕޮލިސްގެ މުހިންމު ދައުރާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މި ދާއިރާގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.

މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މި މަސައްކަތުގައި ފުލުހުންގެ އެހީތެރިކަމަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ފުލުހުން އަބަދުވެސް ސަރުކާރަށް އެހީތެރިވެދޭނެ ކަމަށާއި، އެންވަޔަރަންމަންޓަލް ޕޮލިސްގެ ޤާބިލުކަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި، ކުރިއަށް އޮތް ތަނުގައި ދެ މުއައްސަސާގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް އެއްބަސްވެވުނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު