ކެލައަށް ރިކޯޑް އަދަދަކަށް ވާރޭވެހެފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ ކެލާއަށް ރިކޯޑް މިންވަރަކަށް ވާރޭވެހިއްޖެއެވެ. 

އެގޮތުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އިއްޔެ ކެލާ އަށް 231.5 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށެވެ. މިއީ މިހާތަނަށް އޮޓަމެޓިކް ވެދަރ ސްޓޭޝަނަކުން ސައުވީސް ގަޑިއިރަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދެވެ. އަދި ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާކަމަށް ރެކޯޑު ކުރެވިފައިވަނީ، އިއްޔެ ގަޑިއަކު 46 މޭލަށް ފ.ނިލަންދޫ އޮޓަމެޓިކް ވެދަރ ސްޓޭޝަނުންނެވެ.

ކުރިއަށް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން އާންމުވައި އުތުރާއި މެދުރާއްޖެތެރޭގައި ގަޑިއަކު 17 މޭލާއި 27 މޭލާދެމެދު، އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާދެމެދު ބާރުމިނުގައި ހިފަހައްޓާނެކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް ލަފާކުރެވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ.

މޫސުން ގޯސްދުވަސްވެރެއްކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ސަލާމަތީ ކަންކަމަށް އިސްކަންދެއްވުމަށް އިލްތިމާސްކުރަމެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު