އައިޔޫއެމްގެ ސަނަބިލް ޕްރޮޖެކްޓަށް ފަންޑު ހޯދައިފި

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަނަބިލް ޕްރޮޖެކްޓަށް ސުކޫކް އިސްތިސްނާ (އިސްލާމިކް ޕްރޮޖެކް ބޮންޑް)ގެ ދަށުން ފައިސާ ހަމަޖެހިއްޖެއެވެ.

އައިޔޫއެމްގެ ސަނަބިލް ޕްރޮޖެކްޓަކީ ހުޅުމާލޭގައި ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒެއް ޤާޢިމްކޮށް، އެމަރުކަޒުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުސަތު ފަހިކޮއްދިނުމާއި، އާންމު މުޖުތަމަޢުއަށް އިޖްތިމާޢީ، އިޤްތިސާދީ އަދި އެހެނިހެން ކުރިއެރުންތަށް ހޯދައިދިނުމަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި އަހަރުގެ ޖޫން މަހުގެ 23 ހުން ފެށިގެން އޮގަސްޓް މަހުގެ 8 ކަށް، އިސްލާމިކް ފައިނޭންސްގެ ސުކޫކް އިސްތިސްނާގެ ދަށުން މި ޕްރޮޖެކްޓްގައި އިންވެސްޓު ކުރުމަށް ހުޅުވައިލެވުނު ފުރުސަތުގައި އެތަށް ބޭފުޅުންނެއް އިންވެސްޓު ކުރައްވާފައިވެއެވެ. އައިޔޫއެމް އިން ވަނީ މި ޕްރޮޖެކްޓަށް އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކުން އިސްލާމިކް ފައިނޭންސްއާއި، މަތީ ތަޢުލީމާއި، ޒުވާން ޖީލުގެ ކުރިއެރުމާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތު ހާމަވާކަން ފާހަކަކުރައްވައި، އެބޭފުޅުންނަށް ޝުކުރުޢަދާކުރައްވާފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން،ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އިން އަންނަނީ އެ ޔުނިވާސިޓީގެ ފަރާތުން ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮއްދިނުމަށް، އެކި މުޢައްސަސާތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ތަފާތު އެތަށް ޕޮރޮގްރަމެއް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު