މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ އަތޮޅުގެ 7 ރަށަކަށް ގެއްލުންތަކެއް

އައިޝަތު ޝިއުރާ
13 Aug 2024
ހަބަރު

މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރަގައި މިހާތަނަށް ހއ. އަތޮޅުގެ 7 ރަށެއްގައި ފެންބޮޑުވެ އެރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަމުންދާކަމުގައި ކައުންސިލްތަކުން ބުނެފިއެވެ.

އެގޮތުން އިއްޔެ އިން ފެށިގެން ވެހެމުންދާ ވާރޭ އަދިވެސް ހުއްޓާނުލާ ވެހުމުގެ ސަބަބުން ހޯރަފުށި، އިހަވަންދޫ ،ދިއްދު، ބާރަށް ، ކެލާ، މުރައިދޫ، މާރަންދޫ މިރަށްރަށުގައި ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ލިބެމުން ދާކަމުގައި އެރަށްރަށުގެ ކައުންސިލްތަކުން ވަނީ މަޢުލުމާތު ދީފައެވެ. ހޯރަފުއްޓާއި އިހަވަންދޫ ދިއްދޫ އަދި ކެލާގަައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށްވަނީ ހިންދާ ނުލެވިފައެވެ. އެމް.އެން.ޑީއެފްގެ ރެސްކިއު ޓީމެއް ހއ. އަތޮޅަަށް މިހާރުދަނީ ދަތުރު ކުރައްވަމުންނެވެ.

ހއ. ހޯރަފުށީގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަަބަބުން 6 ގެއަކަށް ފެންވަނުމުގެ ސަބަބުން އެ 6 އާާއިލާ ރަށްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރުކުރަމުން ގެންދަވާކަމަށްް ވަނީ ވިދާޅުވެފައެވެ.

ހއ. އަތޮޅުގެ ރަށްތަކަކަށް މިހާރުކުރަމުންގެންދާ ވިއްސާރާގައި އެހިތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިއަދު ހެދުނު ވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރިފާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޝްވަރާ ކުރަށްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު