މަސްވެރިން މަސްވިއްކާ ސަރަހައްދު

ކުރީ ސަރުކާރު ނިމުނުއިރު މަހުގެ އަގު ހުރީ އަމިއްލަ ކުންފުނިތަކަށް މަސް ނުގަނެވޭ ވަރަށް ބޮޑުކޮށްފައި

އަލީ ޝާހީން
14 Aug 2024
ހަބަރު

މި ސަރުކާރު ހަވާލުވިއިރު މަހުގެ އަގު ހުރީ އަމިއްލަ ކުންފުނިތަކަށް މަސް ނުގަނެވޭ ވަރަށް ބޮޑުކޮށްފައި ކަމަށް އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ އަޙްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒު ވިދާޅުވީ އޭރު މަހުގެ އަގު ހުރީ އަމިއްލަ ކުންފުނިތަކުން މަސްގަނެގެން އެކަށީގެންވާ ގޮތެއްގައި ވިޔަފާރި ނުކުރެވޭ އަގެއްގައި ކަމަށާއި އެކަމުގެ ސަބަބުން އަމިއްލަ ވިޔާފާރިތަކަށް ބޮޑެތި ގެއްލުންވި ކަމަށެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި، ސިޔާސީ ސަބަބުތަކަށްޓަކައި އިންތިޚާބު ތެރޭގައި މަހުގެ އަގު ބޮޑުކުރި ނަމަވެސް، އެއީ އަމިއްލަ ކުންފުނިތަކަށް ދެކޮޅު ޖެއްސޭނެ އަގެއް ނޫނެވެ. އޭރު ސަރުކާރު ކުންފުނި މިފްކޯއިން މަސް ގަންނަމުން ދިޔައީ ދައުލަތުން ސަބްސިޑީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީގެން ކަމަށާއި، މަހުގެ އަގަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުން ވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި މާކެޓް ރޭޓަށް މަހުގެ އަގު ދޫކޮށްލުމަށް މި ސަރުކާރުން ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ. ބޭރު ބާޒާރުގެ އަގަށް މަހުގެ އަގު ދޫކޮށް މިފްކޯއާއި އެހެން ކުންފުނިތަކަށް އަގު ކަނޑައެޅުމުގެ ބާރު ދޫކޮށްލުމުން ޕްރޮސެސް ކުރާ ފަރާތްތަކުން މަސްވެރި ސިނާއަތަށް އިންވެސްޓް ކުރުމަށް ޝައުގުވެރިވެ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު