މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ބައެއް: މިނިސްޓަރ

އައިޝަތު ޝިއުރާ
14 Aug 2024
ހަބަރު

މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ޒުވާނުންތަކެއް ކަމަށް މިނިސްޓްރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވީ، "ޝީވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އެކަމަނާ ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށެވެ.

އެކަމަނާގެ މި ވާހަކަފުޅުގައި، އިނގެރޭސި ވިލާތުން ދެއްވާ ޝީވްނިންގ ސްކޮލަޝިޕްއަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ޝައުގުވެރިވާ ސްކޮލަޝިޕެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިނގެރޭސި ވިލާތުން ދިވެހި ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކާއި އެ ސްކޮލަޝީޕްތަކަށް ދަރިވަރުން ހޮވުމުގައި ދެއްވި އެއްބާރުލުމާއި އެހީއަށް ވަނީ ޝުކުރުޢަދާކުރައްވާފައެވެ.

"އިނގެރޭސި ވިލާތް ފަދަ ޤައުމެއްގައި، ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކުގެ ތެރޭގައި، ތަޢުލީމު ހާޞިލުކުރަމުންދާއިރު ދިވެހި ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްވުމުގެ އިތުރުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމާއި، ނަމަވެސް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެފަދަ ގޮންޖެހުންތަކުން އަރައިގަންނަ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއް "

ޝީވްނިންގ/މޯލްޑިވިސް ސްކޮލަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން، އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ބްރިޓިޝް ހައި ކޮމިޝަންގެ އިސްބޭފުޅުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު