ބޭ އޮފް ބެންގާލް ލާޖް މެރިން އީކޯސިސްޓަމް ޕްރޮޖެކްޓުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އައިޝަތު ޝިއުރާ
14 Aug 2024
ހަބަރު

ބޭ އޮފް ބޭންގާލް އިންޓަރ-ގަވަރމަންޓަލް އޯގަނައިޒޭޝަން (ބީ.އޯ.ބީ.ޕީ-އައި.ޖީ.އޯ) އާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާ ގުޅިގެން ކުރިއަށް ގެންދާ ބޭ އޮފް ބެންގާލް ލާޖް މެރިން އީކޯސިސްޓަމް (ބީ.އޯ.ބީ.އެލްއެމް.އީ) ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހި ފެށުމުގެ ގޮތުން އޯގަސްޓު 12 އިން 13 އަށް ޅ. ނައިފަރުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އިފްތިތާޙް ކުރައްވައިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަލްފާޟިލް އަޙްމަދު ޝިޔާމެވެ. އަދި މި ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޔާސީން ޢަބްދުﷲ އާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ނާޒިމް އިބްރާހިމް ގެ އިތުރުން ދަޢުލަތުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ނައިފަރުގެ މަސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކަމާ ގުޅޭ ޖަމްޢިއްޔާ ޖަމުޢިއްޔާތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ބޭ އޮފް ބެންގާލް ލާޖް މެރިން އީކޯސިސްޓަމް (ބީ.އޯ.ބީ.އެލްއެމް.އީ) ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ބޭ އޮފް ބެންގާލް ސަރަޙައްދުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށްޓަކައި އެ ސަރަޙައްދުގެ ކަނޑުގެ ވަސީލަތްތަކާއި ކަނޑުގެ މާޙައުލާއި އެ މާޙައުލުގައި އުޅޭ ދިރުންތައް އަދި އެ ސަރަޙައްދުގައި ކުރެވޭ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ރާވައި، ހިންގުމެވެ.

މިގޮތުން، މި ޕްރޮޖެކްޓްގެ ޙަރަކާތްތައް ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ސްރީކަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ އަދި ތައިލލޭންޑުގައި ތަންފީޒުކުރެވެއެވެ. ރާއްޖޭގައި ޕްރޮޖެކްޓްގެ ހަރަކާތްތައް އަމާޒުކުރެވިފައިވަނީ ޅ. އަތޮޅާއި ހުވަދޫ އަތޮޅަށެވެ. ޕްރޮޖެކްޓްގެ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މި ދެ އަތޮޅުގައި ކުރެވޭ ފަރުމަސްވެރިކަމާއި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށާއި، މި ދެ އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް މެނޭޖްކުރުން ހަރުދަނާކުރުމަށް މަސްލަހަތުވެރިންނާ އެކު މަސައްކަތްތަކެއް ކުރުމަށް ނައިފަރުގައި ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު