އޭސީސީން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބައްދަލުކޮށްފި

އައިޝަތު ޝިއުރާ
14 Aug 2024
ހަބަރު

މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާއި، ޕާމަނަންޓް ސެކްރެޓަރީ ޟައުފިޝާން ޢަބްދުالله ކަމާލުއްދީންގެ އިތުރުން ވުޒާރާގެ ސީނިއަރ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަނެ، އިސްރާފު ކުޑަކުރުމާއެކު، އެނިޒާމުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދެވޭނެ ގޮތްތަކަށް އަލިއަޅުވާލައި މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު، ސަރުކާރުން މިހާރު ފަށާފައިވާ ރިފޯމު މަސައްކަތްތަކަށް ބާރުލިބޭނެހެން، ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއާ ނިޒާމާއި ގުޅިގެން ޤާނޫނީ އޮނިގަނޑު އޮތް ގޮތް ދެނެގަނެ، މި ނިޒާމު ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ފާހަގަކޮށް މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލަފާދިނުމުގެ މަޤްސަދުގައި މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ދިރާސާ ކަރުދާސް ވަނީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާއި ހިއްސާކުރައްވާފައެވެ. އަދި މި ދިރާސާ ރިޕޯޓުގައި މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އާސަންދަ ސްކީމް މެދުވެރިކޮށް، އާއްމު ރައްޔިތުންނަށް ލިބިދެވެނީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި އުޞޫލަކުން ބޭސް ލިބޭނެގޮތް ހަމަޖެއްސުމުގެ މަޤްޞަދުގައި ސަރުކާރުން މިހާރު ދަނީ ބަލްކް ޕްރޮކިޔުމަންޓް ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު