އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އަށް މިނިސްޓަރ ޒަމީރު ފޮނުއްވައިފި

އައިޝަތު ޝިއުރާ
15 Aug 2024
ހަބަރު

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރު އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ އެސް. ޖެއިޝަންކަރު އަށާއި އިންޑިއާ ސަރުކާރަށާއި އިންޑިއާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޑޮކްޓަރ ޖެއިޝަންކަރަށް ފޮނުއްވި ސިޓީފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި އިންޑިއާ ހޯދަމުން އަންނަ ކުރިއެރުންތަކާއި ތަރައްގީއަށް މަރުހަބާ ވިދާޅުވެ އަދި އިންޑިއާ އަކީ ދުނިޔޭގެ ޑިމޮކްރަސީތަކަށް ނަމޫނާއެއް ކަމުގައި ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޑޮކްޓަރ ޖެއިޝަންކަރު މި އޮގަސްޓް މަހުގެ 9 އިން 11 އަށް ރާއްޖެ ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށް އަލިއަޅުވާލައްވައި، މިނިސްޓަރު ޒަމީރު ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެ، އެއްބަސްވެފައިވާ މުހިންމު މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މި ގުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ކުރި އެރުމަށާއި ސަރަހައްދުގެ ސުލްހަ މަސަލަސް ދެމެހެއްޓުމަށް ދެ ޤައުމުން ދޭ އަހަންމިއްޔަތުކަން، ކަމުގައި ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ދެ ޤައުމުގެ ދާއިމީ އެކުވެރިކަމަކީ ދެޤައުމުގެ ރައްޔިތުންގެ ލާބަޔަށާއި، ސުލްހަވެރިކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަމަށް މަސައްކަތް ކުރުމުގައި މަގު ދައްކައިދޭނެ އަސާސެއް ކަމުގައި ދެކެން" މިނިސްޓަރ ޒަމީރު ގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ސިޓީފުޅު ނިންމަވާލައްވަމުން މިނިސްޓަރ ޒަމީރު ވަނީ އެ މަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވައި، އިންޑިއާގެ ރައްޔިތުންގެ ލާބަޔަށާއި ކުރިއެރުމާއި ތަރައްޤީއަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު