އިސްލާމީ ޢިލްމު ތަރުޖަމާ ކުރުމަށް ފެށި މަޝްރޫޢުގެ ފުރަތަމަ ފޮތް ޝާއިއުކޮށްފި

އައިޝަތު ޝިއުރާ
15 Aug 2024
ހަބަރު

އިސްލާމީ ޢިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފެށި ބޮޑު މަޝްރޫޫއުގެ ދަށުން ތަރުޖަމާކުރި ފުރަތަމަ ފޮތް ޝާއިޢުކޮށްފިއެވެ.

މި ފޮތަކީ 'އިސްލާމްދީނުގައި ބައިނަލްއަޤުވާމީ ގުޅުންތައް' މި މަޢުޟޫއުއަށް ޑރ. ވަހުބާ އައްޒުޙައިލީ ލިއުއްވާފައިވާ ފޮތެކެވެ. މި ފޮތް ދިވެހި ބަހަށް ތަރުޖަމާކުރެއްވީ އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާއެވެ.

ޑރ. ބިލާލް ފިލިޕްސް ލިޔުއްވާފައިވާ 'ފަންޑަމެންޓަލްސް އޮފް ތައުހީދު' މި ފޮތުގެ ދިވެހި ތަރުޖަމާ މި ހަފްތާގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މި މަޝްރޫއުއާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވީ އިސްލާމީ ޝަރީއަތާއި އިސްލާމިކް ސްޓަޑީސްގެ ދާއިރާއިންނާއި އަދި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ އިސްލާމީ ޢިލްމުގެ ވަރަށް މުހިންމު ފޮތްތަކެއް ތަރުޖަމާކުރެއްވުމުގެ ބޮޑު މަޝްރޫއެއް ފެށިފައިވާ ކަމަށާއި މިއީ މި ގޮތުން އިއުލާނުކުރެވޭ މި ފަދަ އެންމެ ބޮޑު މަޝްރޫއުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު