މަމްސް އެއިޑް ޖަމުއިއްޔާއާއި މިނިސްޓަރ އައިޝަތު ޝިހާމް ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
15 Aug 2024
ހަބަރު

ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންދާ މަމްސް އެއިޑް ޖަމުއިއްޔާއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

މަމްސް އެއިޑް އިން ގެންދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށް، އެހީ ފޯރުކޮށްދިނުމުގައި ވެސް އިސް ރޯލެއް އަދާކުރަމުންނެވެ.

އެގޮތުން މިހާތަނަށް އެ ޖަމުއިއްޔާއާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު މިފަދަ 6 ޢާއިލާއަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދީ، ޢާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޢާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއި، ފުދުންތެރި ޢާއިލާތައް ބިނާކުރުމަށް މަމްސް އެއިޑްއިން ކުރަމުން ގެންދާ މަސައްކަތްތަކަކީ، އިޖުތިމާޢީ ދުޅަހެޔޮކަމާއި، ފުދުންތެރި ޢާއިލާތަކެއް ބިނާކުރުމަށް ނުހަނު ބޭނުންތެރި މަސައްކަތަކަށް ވުމާއެކު، އެކަމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މަމްސް އެއިޑްގެ މުއައްސިސުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ އެ ޖަމުއިއްޔާއާއި ގުޅިގެން އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި ގުޅިގެން މަޝްވަރާކޮށްފައެވެ.

އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކި ޖަމުއިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކީ ލާމަސީލު އަދި އަގު ނުކުރެވޭނެ މަސައްކަތްތަކެއްގެ ގޮތުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރައްވައެވެ.

އަދި ޖަމުއިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ މި ވުޒާރާއިން ޝައުގުވެރިވާ އަދި ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމެއްގެ ގޮތުގައި އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު