ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ޝިއުރާ
15 Aug 2024
ހަބަރު

ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު އެއްވެސް ފަރާތެއް ހަވާސާވެ ބާކީ ނުވާ ގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ، ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިރާގާއި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އަދި ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްމާއިލް ރަޝީދް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގައި ހީނަރުވަމުންދާ ގުޅުންތައް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކަށް ވަނީ އަލި އަޅުވާލާފައެވެ. ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރަމުންދާއިރު، މި ބަދަލުތަކަށް މުޖުތަމަޢުގެ އެންމެހައި ފަރާތްތައް ތައްޔާރުވެފައި ތިބުމަކީ ނުހަނު މުހިންމު ކަމެއްކަމަށް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މިގޮތުން ޢާއިލާތަކަށާއި، ޖުމްލަކޮށް މުޅި މުޖުތަމަޢަށް ފައިދާހުރި ގޮތަކަށް އާންމު ދިރިއުޅުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. ޑިޖިޓަލް ދުނިޔޭގައި ބޭނުންވާ ހުނަރާއި އެކްސެސް، މުޖުތަމަޢުގެ ކޮންމެ ފަރާތަކަށް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކޮށް، އޭގެ ޒަރީއާއިން ލިބޭ ފުރުސަތުތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެ، ދޭދޭ ގުޅުންތައް ހީނަރުވަމުންދާ މި ޒަމާނުގައި މީސް މީޑިއާގެ މަންސަތަކަކީ ޢާއިލީ ގުޅުންތައް ވަރުގަދަ ކުރުމަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ހަވާސާވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް އެންމެންނަށް ލިބި، ބޭނުންކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށްވެސް މަޝްވަރާކުރެވުނެވެ. މި ވުޒާރާއާއި ދިރާގުން ގުޅިގެން ކުރެވޭ މަސައްކަތުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާ، އޯގާތެރި އަދި ގުޅުންތައް ބަދަހި މުޖުތަމަޢެއް ބިނާކުރުމެވެ.

އެއާއެކު މި މަޝްވަރާތަކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ވުޒާރާއިން ހިންގާ އެންމެހައި ޕްރޮޖެކްޓުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުމެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު