އައްޑޫ ސިޓީ ކައުންސިލާއި ވަޒީރު ބައްދަލުކޮރައްވައިފި

އައިޝަތު ޝިއުރާ
15 Aug 2024
ހަބަރު

ވަޒީރު އާދަމް ޝަރީފް އުމަރު އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އައްޑޫ ސިޓީ ހިތަދޫ ކައުންސިލަރ އަހްމަދު ސައީދު އާއި ކައުންސިލަރ ހުސައިން ޒަރީރު އެވެ. ވުޒާރާގެ ފަރާތުން ވަޒީރު އާދަމް ޝަރީފް އުމަރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ އައްޑޫ ކްލަސްޓާ ވިލަރެސް ކުރައްވާ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުހީ އާދަމް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަހްމަދު އައްސަދު އެވެ.

އައްޑޫގެ އެންމެ އާބާދި ބޮޑު އަވަށަކީ ހިތަދޫއަށް ވާއިރު އަވަށު އޮފީހެއް ނެތުމުގެ ސަބަބުން ދަތިތަކެއް ހުރިކަން ކައުންސިލަރުން ވަނީ ފާހަގަކުރައްވާފަ އެވެ. މިމައްސަލަ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދެވިފައި އޮތީ ކައުންސިލު އިމާރާތުގެ މަސައްކަތައް ކަމަށެވެ. މީގެ އިތުރުން އައްޑޫ ސްޓޭޓް ހައުސްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މީހާރު ވުޒާރާއިން އިއުލާން ކޮށްފައިވާ ކައުންސިލު އިމާރާތް ކުރުމުގެ މަޝްރުއޫގެ އިތުރުން އަވަށު އޮފީސްތަކުގެ ވަކި މަޝްރުއޫއެއް ފަށަން މުހިންމު ކަމުގައި ވަޒީރު ވަނީ ވިދާޅުވެފަ އެވެ. ހިތަދޫ އަވަށު އޮފީހުގެ މަސައްކަތް ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދެވެން އޮތްތޯ ބެލުން ބުއްދިވެރިކަމުގައި ވަޒީރު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު