ވ. އަދި މ. އަތޮޅުގެ އިމާމުން ތާޒާ ކުރުމުގެ ޕްރޮގުރާމް ފަށައިފި

އައިޝަތު ޝިއުރާ
16 Aug 2024
ހަބަރު

ވ. އަތޮޅާއި، މ. އަތޮޅުގެ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފަށައިފިއެވެ.

ބުދަ ދުވަހު ފެށި މި ޕްރޮގުރާމުގައި 2 އަތޮޅުން 49 އިމާމުން ބައިވެރިވެލައްވާފައިވެއެވެ. މިއީ ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކުރުމަށް މިއަހަރު ފަށާފައިވާ ޤައުމީ ފެންވަރުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މިއަހަރު މިހާތަނަށް ގއ. އަދި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގައިވެސް އިމާމުން ތާޒާ ކުރުމުގެ ޕްރޮގުރާމްވަނީ ކުރިއަށް ގެންގޮސްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންދިއުމެވެ.

މި ސަރުކާރުން އިމާމުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އިމާމުންގެ ދެ ބެޗެއް ސަޢުދީ އަރަބިއްޔާއަށް ފޮނުވާފައިވާއިރު، ބުރޫނާއީއަށްވެސް އިމާމުންގެ ބެޗެއް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު