މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)

މަޝްހޫރު ވިޔަފާރިވެރިޔާ ޒާހިރު ނިޔާވެއްޖެ

އަލީ ޝާހީން
17 Aug 2024
ހަބަރު

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނެވުމުގައި ފާހަގަކޮށްލެވުނު މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ.

ޒާހިރު ނިޔާވެފައިވަނީ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަވައްޓެރި ލަންކާގެ ހޮސްޕިޓަލެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 76 އަހަރެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ޒާހިރުގެ ވަރަށް ގާތް އެކުވެރިޔަކު ބުނީ ޒާހިރު ނިޔާވީ، ލަންކާގެ އާސީރީ ހޮސްޕިޓަލުގައި  ފަރުވާދެމުން ދަނިކޮށް ފަތިހު ގާތްގަނޑަކަށް 04:30 ހާއިރު ކަމަށެވެ. 

ދިވެހިންގެ ތެރޭގައި އޯކޭ ޒާހިރު މަޝްހޫރުވެގެން ދިޔައީ އޭނާގެ އީޖާދީ އުފެއްދުންތަކުގެ ސަބަބުންނެވެ. އައު އުފެއްދުންތައް ދިވެހިންގެ ތެރެއަށް ނެރުއްވުމުގައި ޒާހިރަކީ ނަމޫނާ ބޭފުޅެކެވެ. މިގޮތުން އޭނާ ވަނީ ކޮސްމެޓިކްސްގެ ބައެއް އުފެއްދުންތަކުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޒާހިރު ވަނީ ރާއްޖެއިން ބޭރަށް ހުއިފިލަނޑާ ބޭރުކުރުމުގެ މަސައްކަތްވެސް ކުރައްވާފައެވެ.

ރާއްޖޭގެ އިޤްތިސާދަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީވެ ސަރުކާރުން ވަނީ ޒާހިރަށް 1993 ވަނަ އަހަރު ޤައުމީ އިނާމު ދެއްވާފައެވެ.

ރައްޖެއަށް ޒަމާނީ ޑިމިކްރަސީ އައުމުގައި ކުރެވުނު އިސްލާހީ މަސައްކަތްތަކުގައިވެސް ޒާހިރަކީ ޖެހިލުންކުޑަކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެކެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު