ބިދޭސީންގެ ފީ ގަވާއިދުން ދައްކަމުން އަންނަ ކުންފުނިތަކުގެ ލިސްޓެއް ހާމަކޮށްފި

އައިޝަތު ޝިއުރާ
17 Aug 2024
ހަބަރު

ބިދޭސީންގެ ފީ ގަވާއިދުން ދައްކަމުން އަންނަ ކުންފުނިތަކުގެ ލިސްޓެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

މިނިސްޓްރީން ވަނީ ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ލިސްޓެއް ޖުލައި މަހުގެ 24ވަނަ ދުވަހު އާންމުކޮށްފައެވެ. ނަމަވެސް އެ ލިސްޓުގައި ގަވާއިދުން ފީ ދައްކަމުންދާ ކުންފުނިތައްވެސް ހިމެނެއެވެ.

ބިދޭސީންގެ ފީ ނުދައްކާ ކަމަށް މިނިސްޓްރީން ނެރެފައިވާ ލިސްޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ. ނަމަވެސް އެ ލިސްޓުގައި ހިމެނޭ 20 ކުންފުންޏަކުން ގަވާއިދުން ފީ ދައްކަމުންދާ ކަމަށް ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

ގަވާއިދުން ބިދޭސީންގެ ފީ ދައްކާ ކުންފުނިތައް:

- އެލިއާ ކޮންސްޓްރަކްޝަން

- އަންގިރި ރެސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް

- ބްރެނިއާ މޯލްޑިވްސް

- ޗިކާނޯ އިންވެސްޓްމަންޓް

- އީސްޓް ކޯސްޓް އިންވެސްޓްމަންޓް

- ގޭޖް ޕްރައިވެޓް ލިމިޓެޑް

- ހެވީ ފޯސް

- ހޮރައިޒަން ފިޝަރީޒް

- އިންޓަރނޭޝަނަލް ބެވަރެޖެސް ކޮމްޕެނީ

- މަހޯގަނީ

- ޕެސްޓް އެކްސް މޯލްޑިވްސް

- ޕްރެސްޓައިން އައިލެންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް)

- ރެޑް ވޭވް

- ރެނާޓަސް ޕްރޮޖެކްޓްސް

- ސީގަލް ގްރޫޕް

- އެސްކޭ މޯލްޑިވްސް

- ދަ ހޯކްސް

- ޔުނިވަރސަލް އެންޓަޕްރައިސަސް

- ވިލާ ހަކަތަ

- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ

މިނިސްޓްރީން ވަނީ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި މި ކުންފުނިތައް ހިމެނިފައިވަނީ އެވަގުތަށް ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ އިތުރުވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ނަމަވެސް މި ކުންފުނިތަކަކީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ފީތަކާ ގުޅިގެން ގަވާއިދުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދައްކަމުންދާ ކުންފުނިތައް ކަމަށް ވުޒާރާއިން ހާމަކުރެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު