ޓެކްސީތަކަށް ޕާކްކުރުމަށް ޙާއްސަ ޒޯނެއް ކަނޑައަޅަނީ

އައިޝަތު ޝިއުރާ
17 Aug 2024
ހަބަރު

ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ޓެކްސީތަކަށް ޕާކްކުރުމަށް ޙާއްސަ ޒޯނެއް ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން މިހެން ވިދާޅުވީ ޕާކިންގ ޒޯންތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ވަގުތެއްގައެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި މަޝްރޫޢު ފުރަތަމަ ފެށިގެންދާނީ ހުޅުމާލޭގައެވެ. އަދި މާލޭގައި މި ކަން ކުރެވޭނެ ގޮތެއް ބަލަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ޒޯންގައި ޕާކުކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި ޓެކްސީ ބޯޑު ހަރުކޮށްފައިވާ ވެހިކަލްތަކަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، މި ޒޯން ކަނޑައެޅުމާއެކު އެތަނަށް ޚާއްޞަ ގަވާއިދެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ޒޯނަކީ ޓެކްސީ ޑްރައިވަރުން މަސައްކަތުގެ އުޅުމަށްފަހު ބްރޭކް ނަގާ ގަޑީގައި ޕާކްކުރުމަށް ހަދާ ޒޯނެއް ކަމަށާއި، ތާއަބަދު ވެހިކަލް ޕާކުކޮށްފައި ބޭއްވުމަށް ހަދާ ޕާކިންގ ޒޯނެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި، މި ޒޯން ބޭނުންކުރުމުގެ ފުރުޞަތު ހުރިހާ ޓެކްސީ ޑްރައިވަރުންނަށްވެސް ހަމަހަމަ ގޮތެއްގައި ލިބިގެންދާނެއެވެ. މިއީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ޕާކިންގގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު