ރަޖިސްޓްރީނުކޮށް މަގުމަތީ ބަހައްޓާ އުޅަނދު ރަޖިސްޓްރީ ރަނގަޅުކުރުމަށް ފުރުސަތުދެނީ

އައިޝަތު ޝިއުރާ
17 Aug 2024
ހަބަރު

މާލޭ މަގުތަކުގައި ރަޖިސްޓްރީނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ޤާނޫނީ އިމުގެތެރެއަށް ވެއްދުމަށް މުއްދަތެއް ދެވިގެން ދާނެ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން ވިދާޅުވިގޮތުގައި، މިފަދަ އުޅަނދުތައް ބޭއްވުމަށް ކަނޑައެޅޭ ސަރަޙައްދުން އުޅަނދުގެ ވެރިފަރާތްތަކުން 40 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެންދަންޖެހޭނެއެވެ. އަދި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ޤާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި 6 މަސްދުވަހުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތްތަކަށް އަމިއްލަ ގަރާޖަކަށް ބަދަލުކުރުމާއި، މާލެއިން ބޭރަށް ގެންދިއުމާއި، ޒޯން ބަދަލުކުރުމާއި އަދި ޤާނޫނީ އިމުގެ ތެރެއިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިއީ މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅޭ އިތުރު ފިޔަވަޅެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ މަގުތަކުގައި ދިމާވެފައިވާ ޕާކިންގގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު