އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރު ކޮމިޓީއަށް ވަޑައިނުގަންނަވާ

އައިޝަތު ޝިއުރާ
15 Jul 2024
ހަބަރު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް އެމައްސަލަ ފަށަން ތާވަލުކޮށްފައި އޮތް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުނުވެވޭނެކަން އަންގަވައިފިއެވެ.

މިއަދު 11 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭގޮތުން ގަވަރުނަރާއި ބައްދަލުކޮށް ސުވާލުކުރުމަށެވެ. އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން ޖަވާބުދާރީ ވުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިނުގެންނެވޭނެކަމަށް ސިޓީގައިވެއެވެ.

ގަވަރުނަރަށް ވަޑައިނުގެންނެވޭތީ މިއަދުގެ ކޮމިޓީ ބައްދަލުވުން ވަނީ ކެންސަލުކޮށްފައެވެ.

އެމްއެމްއޭގެ ގާނޫނު ބުނާގޮތުން އެއޮތޯރިޓީގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރު މަގާމަށް އައްޔަނުކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ގަވަރުނަރުކަމުގެ މަގާމުން ހާޝިމް ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއެވެ.

ހާޝިމް މަގާމުން ވަކިކުރަން ނާޒިމް ހުށަހެޅުއްވީ ގައުމުގެ އިގްތިސާދު ހީނަރުވެ އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސާދު ނިކަމެތިވެގެންދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވިފައިނެތްކަމަށް ވިދާޅުވެއެވެ. އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ކުރިޔަށްދާތަން ފެންނާކަށް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު