އިމާރާތްކުރުމުގެ ޤަވައިދަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް މިމަހުގެ 19 ވަނަ ދުވަހު ފަށަނީ

އައިޝަތު ޝިއުރާ
17 Aug 2024
ހަބަރު

އިމާރާތްކުރުމާއި ބިނާރާއާ ބެހޭ ވުޒާރާގެ ފަރާތުން މި މަހުގެ 19 ވަނަ ދުވަހު އޮންލައިންކޮށް ރެޖިސްޓަރވުމަށް ހުޅުވާލައިގެން އިމާރާތްކުރުމުގެ ޤާނޫނާއި ޤަވައިދާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަންތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހޯމަދުވަހުގެ ހެނދުނު 09:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެޝަންގައި އިމާރާތްކުރުމުގެ ޤާނޫނުގެ މައިގަނޑު ކަންތައްތަކާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ޤާނޫނާއި ޤަވައިދުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާއި އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދެވޭނެއެވެ.

މި ސެޝަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ޤަވައިދުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ޤާނޫނާއި ޤަވައިދާ އެއްގޮތަށްތޯ ދެނެގަތުމަށް މަގުފަހިވެގެންދިއުން ކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން އުންމީދުކުރެއެވެ. އަދި ސެޕްޓެންބަރު މަހުގެ ނިޔަލަށް އެކި މައުލޫތަކަށް ޚާއްސަކޮށްގެން މިސެޝަންތަށް ކުރިއަށްދާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު