އައްޑޫ ސިޓީގައި ބޭއްވުނު ސަމިޓަކީ ވަރަށް ކާމިޔާބު، އަދި ރަނގަޅު ނަތީޖާތަކެއް ނެރެވޭ ކަހަލަ މަޝްވަރާތަކެއް ކުރެވުނު ސަމިޓެއް: ވަޒީރު އާދަމް ޝަރީފު

އައިޝަތު ޝިއުރާ
17 Aug 2024
ހަބަރު

އައްޑޫ ސިޓީގައި މި ބޭއްވުނު ސަމިޓަކީ ވަރަށް ކާމިޔާވު އަދި އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވޭ ކަހަލަ މަޝްވަރާތަކެއް ކުރެވުނު ސަމިޓެއް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފުރިހަމަ ސިޓީ ބްރޭޑެއް ތަރައްްްޤީކޮށް ޕްރިމިއަރ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓުކުރުމަށް "ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް" ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައި ވެއެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީއާއެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ކަމަށާ، އައްޑޫ ސިޓީގެ ފަރާތުން ގެންގުޅުއްވާ ފަހި ވިސްނުން އެއީ ކަންކަން ކުރުމުގައި ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކާ، އެކި ކުންފުނިތަކާ އަދި ޓުއަރިޒަމުގެ ސިނާއަތާ ގުޅުން ހުރި އެކިފަރާތްތަކުން ދޭންޖެހޭ އެއްބާރުލުންތަކެއް ނުވަތަ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަންތައްތަކެއް ނުވަތަ ދާއިރާތަކެއް ހުރިކަން މި ސަމިޓުން އެނގިގެން ދިޔަ ކަމަށެވެ.

"މިއަދު މި ސަމިޓުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކަން އަރުވަން ބޭނުން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ހަމަ ކޮންމެ ކަމެއްކުރުމުގައި ޚާއްޞަކޮށް ސިޓީ ކައުންސިލުގެ ފަރާތުން މި ކަމަށް ޓަކައި ކުރަންޖެހޭ ކޮންމެ މަޝްވަރާއެއްގައި އަޅުގަނޑު އިރާދަ ކުރެއްވިޔާ ކައުންސިލުން އެދިވަޑައިގަންނަވައި ކޮންމެ ފަހަރަކު ކޮންމެ ޙާލަތެއްގައި ވިލަރެސްކުރުމުގެ މަސައްކަތްކޮށްދޭނެ ވާހަކަ ޔަޤީންކަމާއެކު ތިޔަ ބޭފުޅުންނަށް އަރުވަން" ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތިގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ސިޓީސް މިނިސްޓްރީގެ އަމާޒަކަށް ވާނީ ރައްޔިތުން ނުވަތަ ކައުންސިލުތަކުން އިސްވެ ފައްޓާ ކޮންމެ ކަމެއްގައި ސަރުކާރާ، ރައްޔިތުންނާ އަދި ކައުންސިލުތަކާ ގުޅުވާލަދިނުމުގެ މަސައްކަތްތައްކުރުން ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫގައި ޓުއަރިޒަމް ސިނާއަތު ފުޅާކުރުމަށް ސަރުކާރުގެ ތެރޭންކުރަން ޖެހޭ ކޮންމެ ކަމެއް އަދި ޚާއްޞަކޮށް ސަމިޓުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރުކުރުމުގެ ނިޒާމާ، އަލަށް ފައްޓަވައި ވިޔަފާރިވެރިންނަށް ޓެކްސްގެ ތެރޭން ހުރި ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް އެ ބޭފުޅުންގެ ޙައްޤުގައި ސަރުކާރާ ހަމައަށް އެ ވާހަކަތައް ގެންގޮސްދެއް ވާނެ ކަމަށް ވިދާޅުވިއެވެ.

"ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް" ނިންމަވައި ލެއްވުމަށް ފަހު މިރޭގެ ވަގުތެއްގައި ވަޒީރު މާލެ ވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓުގައި ވަޒީރުގެ އަރިހުގައި އައްޑޫ ސިޓީ ހިމެނޭ ކުލަސްޓަރ ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު