"ހަކަތައިގެ ސިޔާސަތު 2024-2029" މަޝްވަރާ ބައްދަލުވުން

"ހަކަތައިގެ ސިޔާސަތު 2024-2029" މަޝްވަރާ ބައްދަލުވުމެއް ބޭއްވައިފި

އަލީ ޝާހީން
18 Aug 2024
ހަބަރު

"ހަކަތައިގެ ސިޔާސަތު 2024-2029" މަޝްވަރާ ބައްދަލުވުމެއް ބޭއްވައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން 2024 އޯގަސްޓް 13 ވީ އަންގާރަ ދުވަހު ހެނދުނު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި، ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާ "ހަކަތައިގެ ސިޔާސަތު 2024-2029" އާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދައިފިއެވެ.

މި ބައްދަލުވުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، ސްޓެލްކޯ، އެމްއޭސީއެލް، އެމްޓީސީސީ، އެމްޑަބްލިއުއެސްސީ، މަޓީ އަދި މަސީ ފަދަ މުހިންމު ސަރުކާރު ކުންފުނި ތަކުންނާއި އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ އާ ހަކަތައިގެ ސިޔާސަތު އެކުލަވާލުމަށް ބޭއްވުނު ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ މަޤްޞަދަކީ ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

އާ ހަކަތައިގެ ސިޔާސަތު އަމާޒުކުރެވިފައިވަނީ 2024 އިން 2029 އަށެވެ. މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެކުންފުނިން އުންމީދު ކުރެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު