ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް - ފޮޓޯ: ގޫގުލެ

އާރަށާއި ފުއްގިރި މައްސަލަ މިހަފްތާއަށް ތާވަލްކޮށްފި

އަލީ ޝާހީން
18 Aug 2024
ހަބަރު

އާރަށާއި، ފުއްގިރި މައްސަލާގައި ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލަތަކުގެ ޝަރީއަތް މިހަފްތާގައި ބެލުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ. 

މި މައްސަލަތަކުގެ ތެރެއިން ހައިކޯޓުން ބާތިލްކޮށްފައިވާ ރައީސް ޔާމިންގެ އެއް މައްސަލައަކީ ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމެވެ. އަނެއް މައްސަލައަކީ ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިއްޕަވައި އެ ފައިސާ މަނީ ލޯންޑަރުމުގެ ކުށުގެ ދައުވާއެވެ. 

މީގެ ތެރެއިން ފުއްގިރި މައްސަލާގެ ޝަރީއަތް، ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އަންގާރަދުވަހުއެވެ. އަދި އާރަށުގެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ބުދަދުވަހުއެވެ.

ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ. ދަށު ކޯޓުން ކުރި އެ މައްސަލައިގެ ހުކުމް ބާތިލްކުރީ މިއަހަރުގެ އޭޕްރިލްމަހުގެ 18 ވަނަ ދުވަހެވެ.

މި މައްސަލާގައި ހައިކޯޓުން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބުނެފައިވަނީ، ދަށު ކޯޓުން އެ މައްސަލަ ބަލާފައިވަނީ ޤާނޫނީ އިމުގެ ބޭރުންކަމަށެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު