މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރަން ނިންމައިފި

އައިޝަތު ޝިއުރާ
18 Aug 2024
ހަބަރު

މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރަން ނިންމައިފިއެވެ.

ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މިއަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށް، މިހާރު ކުރަމުން އަންނަ ހޭދައިގެ އިތުރަށް 30 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމުތައް ނިންމައި މުޖުތަމަޢުއަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ލުބްނާ ވަނީ އެދިވަޑައިގެންފައެވެ.

ފަރުވާގެ ނިޒާމްގެ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވާ، ލުބްނާ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި މިކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ލުބްނާ ވަނީ ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމަޢުގެ އެހީތެރިކަން ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

2023ވަނަ އަހަރުގެ ޑްރަގް ކޯޓުގެ ނަމޫނާ މުވައްޒަފަށާއި ހާޒިރީއަށް އެންމެ ރަނގަޅު ފަރާތްތަކަށްވެސް މި ޙަފުލާގައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ޑްރަގް ކޯޓަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރައްވާ ޢާންމު ފަރާތެއް ކަމުގައިވާ ޢަލީ އަދީބަށްވެސް މި ޙަފްލާގައި ހަނދާނީ ފިލާ ދީފައިވެއެވެ.

މި ޙަފްލާގައި ވަނީ ޑްރަގް ކޯޓުގެ މަސައްކަތްތައް ޢާންމުންނަށް އަންގައިދީ ހޭލުންތެރިކުރުވުމަށް ކޯޓުގެ ޔޫޓިއުބު ޗެނަލެއް އިފްތިތާޙްކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު