ބިދޭސީންގެ ފީ ޤަވާއިދުން ނުދައްކާ ކުންފުނިތަކަށް އިތުރު މުހުލަތެއްދީފި

އައިޝަތު ޝިއުރާ
18 Aug 2024
ހަބަރު

ބިދޭސީންގެ ފީ ޤަވާއިދުން ނުދައްކާ ކުންފުނިތަކުން ފީދެއްކުމަށް ދިން ފުރުސަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީ އެ ފަރާތްތަކުގެ ލިސްޓު ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ނެރުނީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ. އަދި ފުރަތަމަ މުހުލަތެއްގެ ގޮތުގައި ދިނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

އެގޮތުން ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1000އަށް ވުރެ ގިނަ ފަރާތުގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް މިނިސްޓްރީން ގެޒެޓުގައި ޝާޢިއުކުރިއެވެ. މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުއްދަތު ހަމަވިއިރު ޖުމްލަ 182،954،572 (ސަތޭކަ އައްޑިހަ ދެ މިލިއަން ނުވަ ލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެ) ރުފިޔާ ރިކަވަރ ކޮށްފައިވެއެވެ. އަދި މިހާތަނަށް 453 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ފީތައް ނުދައްކާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ވުޒާރާއިން ވަނީ އިތުރު މުހުލަތެއް ދީފައެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފީއަކާއި ޖޫރިމަނާ ދައުލަތައް ދައްކައި ޚަލާސްކުރުމަށް އެ ވުޒާރައިން ވަނީ އަންގާފައެވެ. އަދި އެގޮތަށް ޢަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ. އެގޮތުން އެކްސްޕެޓް ސިސްޓަމުން ދެމުންއަންނަ ޚިދުމަތްތައް މެދުކަނޑާލައި ނިޒާމް ބޭނުން ކުރުމުން އެފަރާތްތައް ސަސްޕެންޑް ކުރެވޭނެއެވެ.

ވުޒާރާއިން އާންމުކުރި ލިސްޓުން ދައްކާ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށްވުރެ ގިނައެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު