ޖައިކާގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އާ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައްދަލުކޮށްފި

އައިޝަތު ޝިއުރާ
18 Aug 2024
ހަބަރު

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖައިކާގެ ފަރާތުން ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ޓާކީ މޯޓޯއާއި ޕްރޮޖެކްޓް އޮފިސަރ ހަލީމަތު ނަޖުލާ އަހްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން ބައިވެވަޑައިގަންނަވާފައިވަނީ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަމްޒާއާއި، ޕްރޮގްރާމް އޮފިސަރ އައިޝަތު ސާހާ ސޮބާހްއާއި އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ އައިމިނަތު އާނިމާއެވެ.

މި ބައްދަލުވުމުގައި، ޖައިކާއަކީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ގިނަ ތަމްރީނު ފުރުޞަތުތައް ހޯއްދަވައިދެއްވާފައިވާ، އަދި މިހާރުވެސް ހޯއްދަވައިދެމުން އަންނަ އޭޖެންސީއެއްކަން ފާހަގަކުރައްވާ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަމްޒާ ވަނީ ޖައިކާއަށް ޝުކުރު އަދާކުރައްވާފައެވެ. އެއާއެކު، މިފަދަ ފުރުޞަތުތައް މުސްތަޤްބަލުގައިވެސް ފަހިކޮށްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިގޮތުން ޖައިކާއިން ކޮންމެ އަހަރަކު ކުރު ތަމްރީނުތައް ހޯއްދަވައިދެއްވާ ދާއިރާތަކުގެ އިތުރުން، މިފަދަ ތަމްރީނުތައް ބޭނުންވާ، މިވުޒާރާގެ މަސައްކަތްތަކާ ގުޅުންހުރި އިތުރު ދާއިރާތަކާ މެދު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިއަދުގެ މި ބައްދަލުވުމުގައި، ޖަޕާނަކީ އިސްރަށްވެހިންނަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް ކަނޑައަޅާފައިވާ ޤައުމަކަށް ވުމާއެކު، ރާއްޖޭގައި އިސްރަށްވެހިންނަށް ޚާއްސަކޮށް އުސޫލުތަކާއި އޮނިގަނޑުތައް އަދި ޕްރޮގްރާމްތައް ކަނޑައެޅުމުގައި ޖަޕާނުގެ ސިޔާސަތުތަކާއި ތަޖުރިބާތަކުގެ ބޭނުން ޖައިކާ މެދުވެރިކޮށް ހިފޭނެ މަގުހޯދައިދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

އަދި މީގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ވުޒާރާއިން މަސައްކަތްކުރަމުންދާ އެކި ދާއިރާތަކުން ތަޖުރިބާހުރި ޖަޕާނުގެ ވޮލަންޓިއަރުން މިވުޒާރާއާ ގުޅިގެން މަސައްކަތްކުރުމަކީ މި ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަމްޒާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ވޮލަންޓިއަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ޖައިކާގެ މޮޓޯ ދެއްވެވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކަށް ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނުތައް ހޯދައިދިނުމަށްވެސް މަޝްވަރާކުރެވުނެވެ. ވަކިން ޚާއްސަކޮށް ސައިން ލޭންގުއޭޖް ފަދަ ކޯސްތައް ހިންގުމުގައި ޖަޕާނުގެ ތަޖުރިބާތަކުން ރާއްޖެއަށް ފައިދާކުރާނެކަމަށް ޤަބޫލުކުރެވޭތީ، މިދާއިރާއިންވެސް ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު