އައިޔޫއެމް އިން އައްޑޫ ސިޓީގައި ޤުރުއާން ކޯސްތަކެއް ފަށަނީ

އައިޝަތު ޝިއުރާ
18 Aug 2024
ހަބަރު

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހިންގާ ޤުރުއާން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ އައުޓްރީޗް ސެންޓަރގައި ގިރާޔަތުލް ޤުރުއާންގެ ސެޓްފިކެޓް 1 އަދި ޤުރުއާން ހިފްޡުކުރުމުގެ ކޯސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ސެޓްފިކެޓް 1 އިން ޤިރާޔަތުލް ޤުރުއާން ކޯހުގެ މުއްދަތު އެއް ސެމިސްޓަރއަށް އޮތްއިރު، އިދާރީ ފީގެ ގޮތުގައި ދައްކާ 300 ރުފިޔާގެ އިތުރުން އެހެން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އަދި ޤުރުއާން ހިފްޡްކުރުމުގެ ކޯސް 6 އަހަރު ދުވަހުގެ މުއްދަކަށް ބަހައިލެވިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ކޯސް ފީގެ ގޮތުގައި ޖުމްލަ 3،180 ރުފިޔާ ދައްކަންޖެހޭނެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަނީ އަތޮޅު ތެރޭގެ އެކި ރަށްރަށުގައި މަތީ ތަޢުލީމު ފުޅާކުރުމުގެ ގޮތުން، ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މިފަދަ އެތަށް ކޯހެއް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު