އޭއައި" ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާއި ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވައިފި

އަލީ އަޒްލީފް
19 Aug 2024
ހަބަރު

އާޓިފިޝަލް އިންޓަރލިޖެންސް (އޭ.އައި) ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާ ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޗައިނާގައި ބޭއްވި "ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި"ގައި އެކަމަނާ ބައިވެރިވެވަޑައިނެވީ ޝަރަފުވެރި ޕެނަލިސްޓެއްގެ ހައިސިއްޔަތުންނެވެ.

18 އޮގަސްޓް 2024 ވީ އާދިއްތަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާތަކުގައި އަންހެންކުދިންނާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ދާއިރާތަކުގައި އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށާއި ބާރުވެރިކުރުމަށް އެކަށައެޅިދާނެ އިސްތިރާޖުތަކާއި(ލަނޑުދަނޑިއެއް ހާސިލުކުރުމަށް ކުރެވިދާނެކަންކަން) ފަހިކޮށްދެވިދާނެ ފުރުސަތުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އެގޮތުން، މިފަދަ ގޮންޖެހުންތަށް ޙައްލުކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި، އެ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް ކުރެވިދާނެކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެއެވެ.

މީގެ އިތުރުން ޕެނަލްގައި ބައިވެރިވި ފަރާތްތަކުން ސްޓެމް ދާއިރާތަކުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސުނާއީ ވިސްނުން( އޭއައި) މާއި ޓެކްނޮލޮޖީން ކުރިއަރަމުންދާ ދުނިޔޭގައި އަންހެނުން އިސް ދައުރެއް އަދާކުރާކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން އެކަށީގެންވާ އެހީތެރިކަމާއި، މަގުދެއްކުމާއި، އަދި ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

ޗައިނާއަށް މިހާރު މިނިސްޓަރ ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ "ބެއިޖިން ނޯމަލް ޔުނިވާސިޓީ" އިން ދެއްވި ދަޢުވަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަށް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާ އަށް ފުރާވަޑައިގެންނެވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ޔުނިވާސިޓީތަކުން މަތީ ތަޢުލީމުގެ ފުރުސަތުތަށް ފަހިކޮއްދިނުމަށް އެކި ޤައުމުތަކުގެ އެންބަސީތަކާއި، ހައި ކޮމިޝަނުތަކާއި ޔުނިވާސިޓީތަކުގެ އިތުރުން އެހެނިހެން މުއައްސާސާތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވުޒާރާއެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު