ލޭނު މަސްވެރިކަން: އެނގެންޖެހޭ ބައެއް ކަންކަން

އަލީ އަޒްލީފް
19 Aug 2024
ރިޕޯޓް

މަސްވެރީންނަށް އުނދަގޫ ނުވާ ގޮތުގެ މަތިން އަދި އެއީ އެކަށީގެންވާ ކަމެއް ކަމަށްވާނަމަ، އުޅަނދުގައި މަސްވެރީންގެ އެކޮމޮޑޭޝަންގެ ގޮތުގައި ހަދާފައިވާ އެއްވެސް ތަނެއްގައި ނުވަތަ އެތަނެއްގެ ބައެއްގައިވެސް، ކޮޅަށް ތެދުވާން ހުންނަ ޖާގައިގެ އުސްމިނުގައި މަދުވެގެން 190 ސެންޓިމީޓަރު ހުންނަން ވާނެއެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތްވުމަށްޓަކައި ކަނޑާފައިވާ ދޮރުތައް ފިޔަވައި، އުޅަނދުގައި މަސް ރައްކާކުރަން ބޭނުންކުރާ ތަނެއްގެ ނުވަތަ މެޝިނަރީ ބަހައްޓާ ތަނަކުން ސީދާ ނިދާ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ދޮރު ކަނޑާފައި ހުރެގެން ނުވާނެއެވެ.

ދިގުމިނުގައި 24 މީޓަރު ނުވަތަ އެއަށްވުރެ އިތުރު އުޅަނދުތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތްވުމަށްޓަކައި ކަނޑާފައިވާ ދޮރުތައް ފިޔަވައި، މަސް ރައްކާކުރަން ބޭނުންކުރާ ތަނެއްގެ ނުވަތަ މެޝިނަރީ ބަހައްޓާ ތަނެއް، ކައްކާ ތަނެއް، ގުދަނެއް، ނުވަތަ ސާފުތާހިރުވުމަށް ބޭނުންކުރާ ތަނަކުން ސީދާ ނިދާ ކޮޓަރިއަކަށް ދޮރު ކަނޑާފައި ހުރެގެން ނުވާނެއެވެ. އިސްވެ ބަޔާންކޮށްފައިވާ ތަންތަނާއި ނިދާ ކޮޓަރިތަކާ ދެމެދު ހުންނަ ޕާޓިޝަންތަކާއި ނިދާ ކޮޓަރިތައް ވަށައިގެން ހުންނަ ޕާޓިޝަންތައް ހަދާފައި ހުންނަންވާނީ ފެނާއި ގޭސް އެތެރެނުވާ ގޮތަށެވެ. 

ފަޅުވެރީންގެ އެކޮމޮޑޭޝަންތައް ހަދާފައި ހުންނަވަންވާނީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ފަސޭހަކަމާއެކު ވީހާވެސް އަވަހަށް ފަޅުވެރިންނަށް އެތަނުން ނިކުމެވޭނެ ގޮތަށެވެ.

އުޅަނދުގައި ފަޅުވެރިންގެ އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރާ ތަންތަނުގައި ރަނގަޅަށް ވައި ދައުރުވާނެ ނިޒާމެއް ޤާއިމުކޮށްފައި ހުންނަންވާނެއެވެ. އަދި މިފަދައިން ޤާއިމުކުރެވޭ ނިޒާމަކީ ކޮންމެ މޫސުމެއްގައިވެސް ނުވަތަ މޫސުމަށް އަންނަ ބަދަލަކާ ގުޅިގެންވެސް އެކަށީގެންވާ މިންވަރަށް ވައި ދައުރުވާނެކަން ކަށަވަރުކުރެވިފައިވާ ނިޒާމަކަށް ވާން ޖެހޭނެއެވެ. އަދި މަސްވެރިން އުޅަނދުގައި އުޅޭ ކޮންމެ ވަގުތެއްގައި ވެސް ވައި ދައުރުކުރުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ހިންގަން ވާނެއެވެ. 

އެކޮމޮޑޭޝަނަށް ހަދާފައިވާ ތަންތަނުގެ ތެރޭގައި ހެލިފެލިވެ އުޅެވޭގޮތަށް ހަދާފައި ހުންނަ ކޮންމެ ޖާގައެއްގައިވެސް އެކަށީގެންވާ މިންވަރަކަށް އަލިކަން ހުންނަންވާނެއެވެ. މިގޮތުން އަލިކަން ހުންނަންވާނެ އެންމެ ދަށް މިންވަރަކީ ޢާންމު މިންވަރަށް ލޮލުގެ ފެނުން ލިބިފައިވާ މީހަކަށް އުޑުމަތި ސާފު ދުވަހެއްގައި އާދައިގެ ނޫހެއް ކިޔާލެވޭ މިންވަރަށެވެ. 

އެ އުޅަނދެއްގެ ދިގުމިނުގައި 24 މީޓަރު ހުރި ނުވަތަ އެއަށްވުރެ ދިގުވެފައި 45 މީޓަރަށްވުރެ ކުޑަ އުޅަނދެއްގެ ފަޅުވެރިން ނިދުމަށް ބޭނުންކުރާ ކޮޓަރީގައި، އެނދާއި ފަޅުވެރިންގެ ތަކެތި ރައްކާކުރުމަށް ހުންނަ ބައި ނުހިމެނޭ ގޮތަށް، އެ ކޮޓަރިއެއްގެ ބޮޑުމިނުގައި މަދުވެގެން 1.5 އަކަމީޓަރު ހުންނަންވާނެއެވެ. 

ދިގުމިނުގައި 45 މީޓަރަށްވުރެ ބޮޑު އުޅަނދެއްގެ ފަޅުވެރިން ނިދުމަށް ބޭނުންކުރާ ކޮޓަރީގައި ހުންނަ އެނދާއި ފަޅުވެރިންގެ ތަކެތި ރައްކާކުރުމަށް ހުންނަ ބައި ނުހިމެނޭ ގޮތަށް، ކޮންމެ ކޮޓަރިއެއްގެ ބޮޑުމިނުގައި މަދުވެގެން 2 އަކަމީޓަރު ހުންނަންވާނެއެވެ.

ފަޅުވެރިން ނިދުމަށް ބޭނުންކުރާ ކޮޓަރިތަކުގައި ބަހައްޓާ އެނދުތަކުގައި ދިގުމިނުގައި މަދުވެގެން 190 ސެންޓިމީޓަރު އަދި ފުޅާ މިނުގައި މަދުވެގެން 70 ސެންޓިމީޓަރު ހުންނަން ވާނެއެވެ. އަދި އެނދުތަކުގައި ނިދަން އެކަށީގެންވާ ގޮދަޑިއެއް އޮންނަންވާނެއެވެ. 

އުޅަނދުގައި ފަޅުވެރިން ނިދުމަށް ބޭނުންކުރާ ކޮޓަރިތަކުގެ ތެރެއިން، އެ ކޮޓަރިތަކުން ވަދެވޭ ގޮތަށް ހުންނަ ފާޚާނާތަކުގެ އިތުރުން، އުޅަނދުގައި މަސައްކަތް ކުރާ ކޮންމެ 12 ފަޅުވެރިއަކަށް ވަކި ފާޚާނާއެއް ޤާއިމުކޮށްފައި ހުންނަން ވާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު